ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭގައި ޕޮލިސް ޕޯސްޓެއް: ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ލިބުނު ކުރިއެރުމެއް!

ވީއައިއޭގެ ޕޮލިސް ޕޯސްޓު ފުލުހުންނާއި ހަވާލުކުރުމުގެ ރަސްމިއްޔާތު - ފޮޓޯ: ވީއައިއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި ރާއްޖެއިން ބޭރުން އެތައް ބަޔަކު ޒިޔާރަތްކުރާ ތަނަކަށް އެއާޕޯޓު ވެފައިވާއިރު، ޕޮލިސް ޕޯސްޓެއް ޤާއިމުކުރެވިގެން ދިއުމަކީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެން ދިޔަ ވަރަށްބޮޑު ކުރިއެރުމެއް ކަމަށް ޑެޕިއުޓީ ކޮމިޝަނަރ ޢަބްދުލް މަންނާނު ޔޫސުފް ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ފުލުހުން ދެމުންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެމްއޭސީއެލްއިން އެއާޕޯޓުގައި ޤާއިމުކުރި އެއާޕޯޓު ޕޮލިސް ޕޯސްޓް ރަސްމީކޮށް މިއަދު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

https://twitter.com/MACLmedia/status/1201745907655438336

އެރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާނު ޔޫސުފް ވަނީ އެއާޕޯޓަކީ ރައްކާތެރި އަމާން ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އެމްއޭސީއެލް އިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ފުލުހުންނާއި އެމްއޭސީއެލް އަދި އެހެނިހެން މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިހު ދެއްކެވި ވާހަކަ ފުޅުގައި، އެމްއޭސީއެލްގެ މަސައްކަތްތަކަށް ފުލުހުންގެ ފަރާތުން ފޯރުކޮށްދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަ ކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ފަރާތް ގުޅިގެން އަބަދުވެސް މަސައްކަތްކުރުމަށް އެދިލެއްވިއެވެ.

މި ރަސްމިއްޔާތުގައި، އެމްއޭސީއެލްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން އެއްގަމު އުޅަނދު ޕާކުކުރުމަށް ޚާއްސަކޮށްފައިވާ ޕާކިންޒޯނުގައި ބިލްބޯޑު އިފްތިތާހު ކޮށްފައިވެއެވެ. އެއްގަމު އުޅަނދަށް ރައްކާތެރިވުމާ ގުޅޭ މެސެޖުތައް އެ ބިލްބޯޑުގައި ލިޔެފައިވެއެވެ.

މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާނު ޔޫސުފާއި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، އެއާޕޯޓު ޕޮލިސްގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: