ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ޕްރައިމެރީ ވޯޓުލުން މިރޭ 8 ޖެހުމާއި ހަމައަށް ކުރިޔަށް ދާނެ!

ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުން ކަނޑައެޅުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމެރީގެ ވޯޓުލުން މިރޭ 08:00 އާއި ހަމައަށް ކުރިޔަށްދާނެކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ ޕްރައިމެރީގައި ޖުމްލަ 154 ކެންޑިޑޭޓުން ހޮވާނެ އެވެ.

މިއަދަކީ ހުކުރު ދުވަހެއްކަމަށްވުމާއި އެކު ޕާޓީގެ ވޯޓުލުން ފެށީ މެންދުރު 14:30 ގައެވެ. އަދި ވޯޓުލުން 08:00 އާއި ހަމައަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޑީޕީގެ ޕްރައިމެރީއަށް މާލޭގައި ގިނަ ވޯޓު ފޮށިތައް ބަހައްޓާފައިވެއެވެ. އެންމެ ގިނަ ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ މަޖީދިއްޔާ ސްކޫލުގަ އެވެ. އެއީ ރަށްތަކުގެ ވޯޓު ފޮއްޓެވެ. މަޖީދިއްޔާ ސްކޫލުގައި 18 ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ.

މީގެއިތުރުން ދެން ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ އިސްކަންދަރު ސްކޫލާއި، ހިރިޔާ ސްކޫލާއި، ގަލޮޅު މަދަރުސާގަ އެވެ.

އެމްޑީޕީގެ ޕްރައިމެރީގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ، މާލޭގެ މޭޔަރުކަމުގެ ޓިކެޓަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: