ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުގެ ނަން އިއްވުމުގެ ކުރިން ރައީސް ނަޝީދު: “އިޝްގަކީއޮންނަ އެއްޗެއްކަން އެނގޭ!”

ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްއާއި، ޕީއެންސީގެ މެމްބަރުން ކުރަމުންދިޔަ އިހުތިޖާޖާއި ހުރެ، މަޖިލީހުގެ މަސައްކަތް ކުރިއަށް ނުގެންދެވިގެން އެ މެމްބަރުންގެ ނަންއިއްވާ، އެ މެމްބަރުން މަޖިލީހުން ބޭރުކޮށްފައެވެ.

އެގޮތުން ފަރެސްމާ ތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދުލަތީފުގެ ނަން އިއްވުމުގެ ކުރިން ރައީސް ނަޝީދު ވަނީ އިޝްކަކީ އޮންނަ އެއްޗެއްކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް އެހެންވިދާޅުވި ސަބަބެއް އެއްގޮތަކަށްވެސް ތަފްސީލްކޮށްދެއްވާފައެއް ނުވެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑްރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެފައިވާއިރު، އެމަނިކުފާނުގެ މައްޗަށް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި އެކަމާއި ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ޕާޓީތަކުން އަންނަނީ މުޒާހަރާ ކުރަމުން ނެވެ.  އިއްޔެ ބޭއްވި މަޖިލީހުގައިވެސް  އެ މެމްބަރުން އިހުތިޖާޖު ކުރިއެވެ.މިއަދު އެ މެމްބަރުންގެ އިހުތިޖާޖް ފެށީ މެންދުރު ފަހުންނެވެ.

ރައީސް ނަޝީދުވަނީ ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމްއާއި، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ނަން ވެސް އިއްވާ މަޖިލީހުން ބޭރުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: