ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަސްގަހާގެހި އާލާކޮށް އިގްތިސާދީ ފައިދާ ހުރި ނިޒާމެއް ގާއިމް ކުރުމަށްޓަކައި ސިޔާސަތެއް އެކުލަވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

”ނޭޝަނަލް ޕޮލިސީ އޮން އެގްރޯފޮރެސްޓްރީ އެންޑް ޓްރީސް އައުޓްސައިޑް ފޮރެސްޓްސް 2026“ ނަމުގައި ގަސްގަހާގެހި އާލާކޮށް އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ފައިދާ ހުރި ނިޒާމެއް ގާއިމް ކުރުމަށްޓަކައި ސިޔާސަތެއް އެކުލަވާލައިފިއެވެ.

މި ސިޔާސަތުގެ އަމާޒަކީ ދަނޑުވެރިކަމަކީ މޫސުމަށް ހޭނިފައިވާ، ދެމެހެއްޓެނިވި މަސައްކަތަކަށް ހެދުމެވެ.

މި ސިޔާސަތަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވޯލްޑް އެގްރޯފޮރެސްޓްރީ (އައިސީއާރުއޭއެފް) އަދި އިންޓަރނޭޝަނަލް ސެންޓަރ ފޯ ފޮރެސްޓްރީ ރިސާރޗު (ސީއައިއެފްއޯއާރު – އައިސީއާރުއޭއެފް) އާއި ގުޅިގެން އެކުލަވާލި ސިޔާސަތެކެވެ.

މި ސިޔާސަތުގައި ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ތިމާވެށީގެ ހާލަތަށާއި، ފަސްގަނޑުގެ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ބެލުމަށްފަހު، ދަނޑުވެރިކަމާއި ގަސްގަހާގެހި އާލާކުރުމުގެ މުހިންމުކަން ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ކަނޑޫފާތަކާއި، އަތިރިމަތީގެ ގަސްގަހާގެހި ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކޮށްފައިވާއިރު، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް އެގްރޯފޮރެސްޓްރީގެ ދައުރު ބަޔާންކުރުމަކީ ވެސް ސިޔާސަތުގެ ބޭނުމެކެވެ.

ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްކުރާ ޖަމިއްޔާތައް ބާރުވެރިކުރުވުމާއި، ގަސް އިންދުމަށް ހިތްވަރުދިނުމުގެ ގޮތުން އިނާޔަތްތައް ތަޢާރަފްކުރުމަކީ މި ސިޔާސަތުގެ ދަށުން ކުރެވޭނެ މަސައްކަތެކެވެ. އަދި ސައިންޓިފިކް ދިރާސާތަކުގެ އެހީގައި ރާއްޖެއާ ގުޅޭ ގަސްގަހާގެހި އާލާކޮށް، އޭގެއިން ނަފާ ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތްތައް ކުރާނެއެވެ.

މި ސިޔާސަތުގެ ސަބަބުން ކުރާނެ ފައިދާތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްވެގެންދާނެއެވެ. އަދި ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެކަން ފާހަގަކޮށްލެވެއެވެ. ދނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި މީގެ ސަބަބުން، ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: