ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ނުކުޅެދޭ ކުދިންނަށް ރަށުގައި ތިބެގެން އިތުރު ފަރުވާއާއި ހުނަރު ހޯދޭނެގޮތް ހޯދަންޖެހޭ”

ރިވެލި މައުރަޒު 2019 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުޚާރުގެ އަމާޒަކީ އަމިއްލަ ރަށުގައި ތިބެގެން ފަސޭހަކަމާއެކު ނުކުޅެދުންތެރިކަން ހުންނަ ކުދިން ގޮވައިގެން އުޅެވޭނެ ގޮތް ހަމަޖައްސައިދީ އެކުދިންނަށް ބޭނުންވާ އިތުރު ފަރުވާއާއި ހުނަރު ހޯދޭނެ ގޮތަށް ކަންތައްތައް ބައްޓަން ކުރުމަށް ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ “ރިވެލި މައުރަޒު 2019” ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ ސަރުކާރުގެ އަމާޒު ހުރީ ޚާއްޞަ އަޅާލުމާއި ޚާއްޞަ ލޯތްބާއި އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ބޮޑެތި ކަންތައްތަކެއް ކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.

ސަރުކާރުތަކުން އަބަދުވެސް ކަންތައްތަކެއް ކޮށްދެމުން އަންނަކަމަށާއި އެހެންނަމަވެސް މިރޮނގުން އަދިވެސް ގިނަ ކަންތައްތަކެއް ކުރަންޖެހިފައިވާ ކަން ފާހަގަކުރެއްވިއެވެ. އެގޮތުން މުޖުތަމަޢުގެ ތެރޭގައި އުޅޭ މިފަދަ ފަރާތްތަކަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި މިހާރު ތިބި ހިސާބު އެނގިގެން ނޫނީ، އިތުރަށް ކުރިޔަށްދެވެން ނެތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

“ޚިދުމަތްތައް ދޭ ތަންތަނަށާއި މިސްކިތްތަކަށާއި ފެރީތަކަށް، ފަސޭހަކަމާއެކު ވާސިލުވެވޭނެ ގޮތްތައް މަގުފަހިކޮށްދޭން ޖެހޭ. އެއްވެސް ކަމަކުން ބާކީނުކޮށް އަޅުގަނޑުމެންގެ މުޅި ނިޒާމު ބައްޓަންކުރުން އެއީ މިއަދު އަޅުގަނޑުމެންގެ މިސަރުކާރުގެ، ރައީސުލްޖުމްހޫރިއްޔާގެވެސް އެންމެ ބޮޑު ވައުދަކަށް ވެގެންދަނީ..” ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އެދޭ އެންމެ ބޮޑު އެދުމަކީ ތަފާތު ކުރުމެއްނެތި މުޖުތަމަޢުގެ ތެރޭގައި އެންމެންނަށް ބައިވެރިވެވޭނޭ ގޮތްތައް ހޯދުން ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް މުޖުތަމަޢުގެ ތެރޭގައި ސާމިލުވެ އުޅެވޭނެ ފުރުޞަތު ހޯދައިދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމުގައި ސަރުކާރާއި ކުންފުނިތަކުގެ އިތުރުން އަމިއްލަ ޖަމުޢިއްޔާތަކުގެ ދައުރު އިތުރުކޮށްދިނުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުގައި އަމިއްލަ އެދުމެއްނެތި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާ ފަރާތްތަކެއް ތިބިކަން ފާހަގަކުރައްވައި، އެފަރާތްތަކަށް ނައިބު ރައީސް ޝުކުރުއަދާކުރައްވާފައެވެ. އެގޮތުން ޑިސްއެބިލިޓީ އޮނަރަރީ އެމްބެސެޑަރެއްގެ ގޮތުގައި މިއަދު ހަމަޖެހިގެންދިޔަ އަޙްމަދު ހިޝާންގެ މަސައްކަތުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލިއަޅުއްވާލައްވާފައިވެއެވެ.

ރިވެލި މައުރަޒަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތައް ދައްކާލުމުގެ މަޤްޞަދުގައި މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް މާލޭގައި ބާއްވާ މަޢުރަޒެކެވެ. މި މައުރަޒު ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މި މައުރަޒުން ފާހަގަކޮށްލެވުނު ބައެއް ތަކެތި ބައިވެރިކުރި ފަރާތްތަކަށް އިނާމު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: