ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރަރިސްޓެއް ކަމަށް ތުހުމަތު ކުރެވޭ އަމީނަށް ދައުވާ ކުރަން ފޮނުވައިފި

ޓެރަރިސްޓެއް ކަމަށް ތުހުމަތު ކުރެވޭ އަމީން ---
ޝެއާރކޮށްލާ ކަހަލަދޯ؟

ދީނީ ހަރުކަށި ފިކުރު ފަތުރާކަމަށާއި، ބޭރުގެ ހަނގުރާމަވެރި ޖަމާއަތަތްކަށް ދިވެހިން ފޮނުވާކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު މުހައްމަދު އަމީންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ފުވަމުލަކަށް ނިސްބަތްވާ އަމީންއަކީ ގިނަ ދުވަސްތަކެއްވަންދެން ފުޅާދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓު ޖަމާއަތްތަކަށާއި، ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ރާއްޖެއިން މީހުން ރެކްރޫޓްކޮށް ހަނގުރާމައަށް މީހުން ފޮނުވަން އަމަލީގޮތުން ހަރަކާތްތެރިވާ މީހެއް ކަމަށެވެ.

އަދި އެފަދަ ކަންކަމަށް ވާގިވެރިވުމުގެގޮތުން މާލީ އަދި ޓެކްނޮލޮޖިކަލް ސަޕޯޓު ދިނުމާއި ދުނިޔޭގެ އެކި ޤައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް އިސް ޖަމާޢަތްތަކާއި ގާތްގުޅުމެއް ބާއްވާ އެފަދަ ޖަމާއަތްތަކުގެ ހަރަކާތްތަށް ކުރިއަށްގެންދިއުމުގައި އަމީންގެ އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިމަހުގެ 1 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަމީނަކީ ސަލްޓަން ޕާކް ބޮމުގެ ހަމަލާއާއި ބައިވެރިވުން އޮތް މީހެކެވެ. އެހެން ނަމަވެސް އޭނާ ހައްޔަރު ކުރުމަށް އުޅުމުން ފިލައިގެން ގޮސް އުޅުނީ ރާއްޖެއިން ބޭރުގައެވެ. އެއަށްފަހު އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ. ސަލްޓަން ޕާކުގެ ބޮމުގެ ހަމަލާއަށްފަހު ފުލުހުން 2011 ވަނަ އަހަރު އޭނާ ލަންކާއިން ހައްޔަރު ކުރިއެވެވ. އެހެން ނަމަވެސް ރާއްޖެ ގެނައުމަށްފަހު ދޫކޮށްލިއެވެ. އަމީން، އޭރު ލަންކާ އިން ހައްޔަރުކުރީ ވަގު ޕާސްޕޯޓެއް ގައި އެ ގައުމަށް އެތެރެވާން އުޅެނިކޮށެވެ. އޭނާ އަތުން ދިވެހި ޕާސްޕޯޓަކާއި ޕާކިސްތާންގެ ޕާސްޕޯޓެއް ފެނުނެވެ.

އެމެރިކާއިން ބުނި ބުނެފައިވާ ގޮތުގައި، އަމީނަކީ ސީރިއާ އާއި އަފްޣާނިސްތާނުގައި ވަރަށް އިސް މީހެއްގެ ގޮތުގައި އައިސިސް އަށް މަސައްކަތް ކޮށްދޭ މީހެކެވެ. ކުރިން ސީރިއާ އަށް ހަނގުރާމަވެރިން ފޮނުވުމަށް ފަހު މިހާރު ފޮނުވަނީ އަފްޣާނިސްތާނަށް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް އެހީތެރިވެ އެވެ.

އެމެރިކާއިން ބުނެފައިވަނީ އަމީނަކީ އައިސިސްގެ އިރާގު ގޮފި (އައިސިސް-ކޭ) އަށް ހަނގުރާމަވެރިން ރެކްރޫޓްކުރާ މީހެއް ކަމަށެވެ. މިދިޔަ އޭޕްރީލް މަހާ ހަމައަށް ވެސް އަމީނަކީ އައިސިސް އަށް މީހުން ހޯދުމުގައި ހަރަކާތްތެރިވަމުން އަންނަ މީހެއްކަން އެނގޭ ކަމަށާއި އޭނާގެ މި މަސައްކަތުގައި އެހެން މީހުން ވެސް ބައިވެރިކުރާ ކަމަށް އެމެރިކާ އިން ބުންޏެވެ. އަމީންގެ ބައިވެރިން ހަނގުރާމަވެރިން ހޯދަން ހަފުތާ އަކު 10 ވަރަކަށް ބައްދަލުވުން ބާއްވާ ކަމަށާއި އޭގެ ބައެއް ބައްދަލުވުންތައް އޭނާގެ ގޭގައި ވެސް ބާއްވާކަން އެމެރިކާ އިން ހާމަކޮށްފައިވެ އެވެ.

ހަރުކަށި ފިކުރު ފެތުރުމާ، ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް ދިއުމާ، އަދި ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމަކީ ގާނޫނީ ކުށެކެވެ. އެ ކުށްތަކަށް ގާނޫނުގައި ވަނީ ބޮޑެތި އަދަބުތައް ކަނޑައަޅާފަ އެވެ. ދާދި ފަހުން ޓެރަރިޒަމްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގައި ވެސް މިފަދަ ކުށްތަކަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅާފައި ވެއެވެ. ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވަކި ފިކުރެއް ކުރިއެރުވުމަށް ކުރާ ކަންކަމާއި ސަރުކާރުން ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ޓެރަރިޒަމްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: