ކްލިކް ކޮމްޕިއުޓަރސްގެ 22 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ”ޓޫ ޑޭ އޮޕަރ“ އެއް ފަށައިފިއެވެ.
މިއަހަރުގެ އަހަރީ ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދާ މި އޮފަރ ކުރިއަށް ދާނީ މިމަހުގެ 19 އިން 20ގެ ނިޔަލަށެވެ. މި އޮފަރގައި 22 ޕްރޮޑަކްޓެއްގެ އަގުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން ލެޕްޓޮޕާއި ގޭމިން ޗެއަރ، މައުސް، މޮނިޓަރ އަދި ގްރެޕިކްސް ކާޑު ފަދަ އަގުހުރި ޕްރޮޑަކްޓުތަކުގެ އަގުތަކަށް ބޮޑު ލުޔެއް ވަނީ ގެނެސްފައެވެ.
މިފަދަ ގިނަ އޮފަރ ތަކާއި ޕްރޮމޯޝަންތައް ކްލިކް އިން އެކި ހާއްސަ ދުވަސްތަކަށް ދިމާކޮށް ކުރިއަށް ގެންދެއެވެ.
ޓެކްގެ މި ވިޔަފާރީގައި ވާދަވެރިކަން ދުވަހުން ދުވަހަށް އުފެދޭއިރު މާކެޓަށް އާ ޕްރޮޑަކްޓުތައް ނެރެ ކަސްޓަމަރުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުމަށްކަމަކީ ކްލިކްގެ އަމާޒެވެ. އަދި ކަސްޓަމަރުންގެ ޝައުގު ހުންނަ ކަންކަމަށް ބަލައި، އަދި ދޭ ފީޑްބެކްތަކަށް ބެލުމަށް ފަހު އެއަށް ރިއާޔަތްކޮށް ބަދަލުތައް ގެންނަ ކުންފުންޏެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ.
ކަސްޓަމަރ ލެޑް ކުންފުންޏެއްގެ ގޮތުގައި ހިންގުމަށް ކުރާ މަސައްކަތުގައި ކަސްޓަމަރުން އެ ބޭނުންވާ ނަތީޖާތަކަށް ބޮޑަށް ބަލާނެކަމަށްވެސް ކްލިކްއިން ވަނީ ބުނެފައެވެ.
މާކެޓައި، ވިޔަފާރިއަށް ބަދަލުތަކާއި އެކު އޮންލައިން ވިޔަފާރިތައް އަދި އެ ނޫން ވިޔަފާރިތައް ހިންގާއިރު ކްލިކްގެ އަމާޒަކަށް ވާނީ ކަސްޓަމަރުންނަށް ކޮލިޓީ އަގުހެޔޮ ކޮމްޕިއުޓާރ ސާމާނުތައް ގެނައުންކަމަށް ވެސް ރިއުމަނ ވިދާޅުވި އެވެ.
ކްލިކް ކޮމްޕިއުޓާސް އަކީ ތިން ރަޙްމަތްތެރިންގެ މެދުގައި ފެށުނު ވިޔަފާރިއެއް ނަމަވެސް އެ ކުންފުންޏަކީ މިހާރު އަމިއްލަ ޢާއިލީ ވިޔަފާރިއެކެވެ. ކްލިކް އިން ބުނީ އެ ކުންފުނި މިހާތަނަށް ކުރިއެރުމުގައި އޮތް އެންމެ ބޮޑު ހިއްސާއެއް ކަމުގައި ދެކެނީ ކްލިކްގެ ކަސްޓަމަރުންގެ ފަރާތުން ލިބުނު އިތުބާރާއި އެއްބާރުލުން ކަމަށެވެ. އަދި 22 އަހަރު ކުރިން އާދައިގެ ގޮތަކަށް ފެށި ނަމަވެސް މިއަދު ކްލިކް އަކީ އައިޓީއާ ގުޅޭ ހުރިހާ ސާމާނެއް އެއްތާކުން ލިބޭނެ އަދި ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ ވިޔަފާރިއެއްކަމަށް ވެސް ފާހާގަ ކުރި އެވެ.

