ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯގާއަށް ހާއްސަ ފްލޫ ކްލިނިކެއް އައިޖީއެމްއެޗުގައި ހުޅުވައިފި

މާޗް 14، 2017: މީގެ ކުރިން އައިޖީއެމްއެޗްގައި ހުޅުވި ފްލޫ ކްލިނިކު --- ފޮޓޯ/ ފަޔާޒު މޫސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުމާއި ރޯގާއަށް ހާއްސަ ފްލޫ ކްލިނިކެއް އައިޖީއެމްއެޗްގައި ހުޅުވައިފިއެވެ.

މި ދުވަސްވަރަކީ އެކި ރޯގާތައް އިތުރުވަމުން އަންނަ ދުވަސްވަރަކަށް ވެފއި އުމްރާވެރިންވެސް އަނބުރާ ރާއްޖެ އައިސްފައިވާ ދުވަސްވަރަށް ވުމާއިއެކު އައިޖީއެމްއެޗުން ވަނީ ފްލޫ ކްލިނިކެއް ހުޅުވާފައެވެ. އެގޮތުން މި ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ ހިދުމަތް ލިބޭނެ ކަމަށް އައިޖީއެމް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މި ހިދުމަތްތައް ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00 އިން ފެށިގެން 22:00 އަށް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ. އައިޖީއެމްއެޗުން ބުނީ ފްލޫ ކްލިނިކުގެ ހިދުމަތްތައް ލިބޭނީ އެ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ދިހައަކުން ކަމަށެވެ.

އެ ކުލިނިކުން ހިދުމަތް ހޯދުމަށް ފުރަތަމަ ޖެހެނީ އައިޖީއެމްއެޗުގެ އީއާރު ޓްރައިޖަށް ދާށެވެ. އަދި ކިއުބީ ޓޯކެން ސިިސްޓަމްއިން ފްލޫ ކުލިނިކުގެ ޓޯކެން ނަންބަރެއް ނެގުމުން ފްލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިޔުމަށް ޓްރައޭޖްއިން އިރުޝާދު ދޭނެކަން އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

ބޮޑު ޗުއްޓީއާއި ދިމާކޮށް އެކި ބަލިތައް ވަނީ ފެތުރެން ފަށާފައެވެ. އެގޮތުން މިދިޔަ ޑިސެންބަރު މަހު ރާއްޖޭން ޑެންގީ ޖެހިގެން 413 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: