ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައްސާމަށް އިއްވި ހަތަރު އަހަރުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ބައްސާމް ކުރީގެ އަޑުއެހުމެއްގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާނާތުގެ ކުށް ސާބިތުވެ، ފުޓް ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އިއްވާފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމުގެ މައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ބައްސާމް މިވަގުތު ދަނީ ހަތަރު މައްސަލައެއްގައި، ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ މަނީ ލޯންޑްރިންގެ ދެ މައްސަލައަކާއި ހިޔާނާތްތެރިވުމުގެ ދެ މައްސަލައެކެވެ.

ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ، ބައްސާމް 2016 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ މަގާމުގައި ހުރެ އެ އެސޯސިއޭޝަނުގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ އެކައުންޓަށް ފީފާގެ ފަރާތުން 2018 ގައި ޖަމާކޮށްފައިވާ ފައިސާއިން 10،000 ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް ބޭނުންކުރި މައްސަލައެކެވެ.

މައްސަލައިގައި ބައްސާމްގެ މައްޗަށް އިއްވި 4 އަހަރުގެ ޖަލު ހުކުމާއި އެކު، އޭނާ 154،000 ރުފިޔާއިން ވަނީ ޖުރިމަނާކޮށްފަ އެވެ.

މި މައްސަލައިގައި ގާޒީ އިސްމާއިލް ޝަފީއު ނިންމެވި ހުކުމުގައި ފާހަގަކުރެއްވި ގޮތުގައި، މި ބާވަތުގެ ކުށްތަކަށް ގާނޫނުގައި ކަނޑައެޅިފައިވަނީ އެއް އަހަރާއި ހަތް މަހާއި ހަ އަހަރު ދުވަހުގެ އަދަބެކެވެ. އަދި ބައްސާމަށް ލިބެންޖެހޭ އަދަދާއި ނުބައްދަލު މިންވަރެއް އާމްދަނީގެ ގޮތުގައި ލިބިފައިވާކަން ފެންނަން އޮތުމުން، އެންމެ ހަރުކަށި އަދަބެއް ދިނުމަށް ނިންމެވިއެވެ.

ބައްސާމްގެ ފަރާތުން މި ހުކުމުގެ އަދަބު ލުއިކޮށްދިނުމަށް އެދުނު ނަމަވެސް، ފަނޑިޔާރުވަނީ އެކަމަށް އިންކާރުކުރައްވާފައެވެ. އަދި މި މައްސަލައިގެ އިތުރުންވެސް ކޯޓުގައި ބައްސާމްގެ މައްޗަށް އިތުރު ދެ ދަޢުވާއެއްގެ މައްސަލަ ހިނގަމުންދާކަން ޕީޖީ އޮފީހުން ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: