ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންކަމް ޓެކްސްގެ ބިލާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަނީ ވަކިކުރުން މިއަދު!

ޝެއާރކޮށްލާ ކަހަލަދޯ؟

އިންކަމް ޓެކްސްގެ ބިލާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު،ފަނޑިޔާރުކަމުގެ މަޤާމުންވަކިކުރުމާ ގުޅޭގޮތުންޖުޑީޝަލްސަރވިސް ކޮމިޝަނުންފޮނުއްވާފައިވާ މައްސަލަ،ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ދިރާސާ ކޮށް ނިންމިގޮތުގެ ރިޕޯޓާއި މެދު މިއަދު ގޮތެއް ނިންމާނެ ކަމަށް މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، މިއަދުގެ މަޖިލީސް ފެށުމުގެ ގޮތުން ވާހަކަދައްކަވަމުންނެވެ.

ރައީސް ނަޝީދު ވަނީ މާދަމާ ބަޖެޓްގެ މަސައްކަތް ނިންމަން އަމާޒުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

މިއަދުގެ ޖަލްސާގައި ނުނިމި ހުރި މަސައްކަތުގެ ތެރެއިން، ބަޖެޓްގެ ބަހުސް މަރުހަލާ 15 މިނިޓަށް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲޖާބިރު ހުށަހަޅުއްވާފައިވާ ، މާލޭގައި ބޯހިޔާވަހިކަމާއި ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް ގޮވާލައި ހުށަހަޅާފައިވާ ޤަރާރުގެ ފުރަތަމަ ކިޔުމާއި، ސަރުކާރުގެ ފަރާތުން، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދު ހުށަހަޅުއްވ ފައިވާ ، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ބިލުގެ ފުރަތަމ ކިޔުންވަނީ އިއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: