ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ހިދުމަތުގައި 24 ގަޑިއިރު ހުންނާނަން، ފިލާ މީހަކަށް ނުވާނަން: މޫސާ އަލީ ޖަލީލް

ޕީއެންސީގެ ފަރާތުން މާލޭ މޭޔަރަކަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލްގެ ކްމްޕެއިން އޮފީސް ހުޅުވަން ބޭއްވި އިވެންޓުގެ ތެރެެއިން: ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ކުރީގެ ޑިފެންސް މިނިސްޓަރ މޫސާ އަލީ ޖަލީލްގެ ކެމްޕެއިން ޖަގަހަ ހުޅުވައިފި އެވެ.

އަންނަ އޭޕްރިލް 4 ގައި ބާއްވާ ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލްގެ ކެމްޕެއިން އޮފީސް ހުޅުވާފައި ވަނީ އާޓިފިޝަލް ބީޗް ކުރިމަތީ ހުންނަ ޕާޓީގެ އޮފީހުގަ އެވެ.

މި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ.

މިރޭގެ ޖަލްސާގައި މޫސާ އަލީ ޖަލީލް ދެއްކެވި ވާހަކައިގައި ވަނީ، މިއީ ޕީއެންސީގެ ހުރިހާ ކެންޑިޑޭޓުންގެ ވެސް އޮފީހެއްކަން ފާހަގަކުރައްވާފަ އެވެ.

މޫސާ އަލީ ޖަލީލް ވިދާޅުވީ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ، އެ މަގާމުގައި ކުރިން ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި މަސައްކަތާއި، ރައްޔިތުންނާއި ވީހާވެސް ގާތުން ގެނައި ބަދަލުތައް އަލުން ގެނެސް އެމަނިކުފާނުގެ މަސައްކަތް އިންފާރެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ.

މޫސާ އަލީ ޖަލީލް ވިދާޅުވީ ރައްޔިތުން މާލެއަށް ވަރަށް ބޮޑެތި ބަދަލުތައް ބޭނުންވާ ކަމަށެވެ. އަދި އެކަން ގާތުން ފެނިވަޑައިގެންފައިވާކަން ފާހަގަކުރައްވައި ވިދާޅުވީ، ރައީސް މުއިއްޒު މާލޭގެ ރައްޔިތުންނާއި އެކު ބޭއްވެވި ބައްދަލުވުންތަކުން ވަރަށް ގިނަ ޝަކުވާތައް އަޑުއިވިގެން ދިޔަ ކަމަށެވެ.

އެހެންކަމުން މީގެކުރިން ލިބިވަޑައިގެންފައި ހުރި ތަޖުރިބާއާއި އެކު ރައްޔިތުންނަށް ހިދުމަތް ކުރުމަށް ބޭނުންވީކަމަށް އޭނާ ވިދާޅުވި އެވެ.

މޫސާ އަލީ ޖަލީލް ވިދާޅުވީ އޭނާގެ މުޅި ގައުމީ ހަޔާތުގައި ވެސް ކަންކަމާއި ކުރިމަތިލާފައި ވަނީ ކެރިގެން ސާބިތުކަމާއި އެކު ނަތީޖާ ނެރުމުގެ ވަރުގަދަ އަޒުމުގައި ކަމަށެވެ. އެއާއި އެކު މާލޭގެ މޭޔަރުކަމަށް ހޮވައިދެއްވައިފި ނަމަ ރައްޔިތުންގެ ހިދުމަތުގައި 24 ގަޑިއިރު ހުންނަވާނެކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން މޫސާ އަލީ ޖަލީލް ވިދަޅުވީ މާލެއަށް މާ ޗާލު އުފާވެރި ދިރިއުޅުމެއް ހޯދައިދޭން އޭނާ އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. ހާއްސަކޮށް ތާއީދު ކުރާ ކުލައަށް ބަލައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: