ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިފި

ފޮޓޯ: ވަންއޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޤާނޫނު ނަންބަރު 2014/18، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ.

މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 30 ދުވަހުގެ ތެރޭގައެވެ.

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނަށް ގެނަސްފައިވާ މި އިޞްލާޙާއެކު އެކި ގޮތްގޮތަށް ހިންގޭ ވިޔަފާރީގެ ތަފާތު މުޢާމަލާތްތައް ބެލެހެއްޓި، ރާއްޖޭގައި ބޭރުގެ ވިޔަފާރިތައް ހިންގުމަށް ރަޖިސްޓްރީ ކުރާނެ އުސޫލުތައް އެކަށައެޅިގެންދާނެއެވެ. އަދި ވިޔަފާރީގެ ހަރަކާތްތަކާއި ތަންތަން ދަފްތަރުކުރުމުގައި ޢަމަލުކުރަންޖެހޭގޮތް ވެސް މި ޤާނޫނުން ކަނޑައެޅިގެންދާނެއެވެ.

މި އިސްލާޙު ފާސްކޮށްފައިވަނީ މިދިޔަ ނޮވެމްބަރ މަހުގެ 27 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 72 ވަނަ ޖަލްސާއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: