ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއްދަތު ހަމަވެފައިވާ، ބިދޭސީން މަސައްކަތްކުރާ ސައިޓްތައް ރެޖިސްޓްރީ ކުރަން އެދިއްޖެ

ބިދޭސީންތަކެއް މަސައްކަތް ކުރަނީ: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީން މަސައްކަތް ކުރާ ސައިޓުތަކުގެ ތެރެއިން ޕްރޮޖެކްޓުތަކުގެ މުއްދަތު ހަމަވެފައިވާ ތަންތަން އަލުން ރެޖިސްޓްރީ ކުރުމަށް ހޯމް މިނިސްޓްރީން އެދިއްޖެ އެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ބިދޭސީންނަށް ބޭނުންވާ ހުއްދައާއި އެ މީހުންގެ ކަންކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއުމު ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގައި ވަޒީފާއަދާކުރުމަށް ބިދޭސީން ގެންގުޅުމަށް ޕްރޮޖެކްޓު އުސޫލުން ރެޖިސްޓްރީކޮށްފައިވާ ވޯކް ސައިޓުތަކުގެ ތެރެއިން ޕްރޮޖެކްޓުތަކުގެ މުއްދަތު ހަމަވެފައިވާކަމަށް އެކްސްޕެޓް ސިސްޓަމްގެ ރެކޯޑުތަކުން ދައްކާ ވޯކްސައިޓުތައް އަންގާރަ ދުވަހުން ފެށިގެން ”ޕެންޑިން ސައިޓް ކްލިއަރެންސް“ އަށް ބަދަލު ކުރެވޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނެފައި ވަނީ ރެޖިސްޓްރީކޮށްފައިވާ ވޯކް ސައިޓުތަކުގެ ތެރެއިން ކޯޓާއެއް ނުނަގައި 1 އަހަރު ދުވަހަށް ވުރެ އިތުރުވެފައިވާ ވޯކް ސައިޓުތައް މި މަހުގެ 25 އިން ފެށިގެން ”އިން އެކްޓިވް“ ސްޓޭޓަސްއަށް އެކްސްޕެޓް ސިސްޓަމް މެސުވެރިކޮށް ބަދަލު ކުރެވޭނެ ކަމަށެވެ.

އެހެންކަމުން މުއްދަތު ހަމަވެފައިވާ ވޯކް ސައިޓުތައް އަލުން އެކްޓިވޭޓު ކުރުމަށް، މުއްދަތު ހަމަވެފައިވާ ލިޔެކިއުންތައް އައު ކުރުމަށްފަހު އެކްސްޕެޓް ސިސްޓަމްގެ މެދުވެރިކޮށް ވޯކް ސައިޓު ޑޮކިއުމަންޓް އަޕްޑޭޓް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: