ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ މަގުތަކުގެ ފެންބޮޑުވުން ހައްލުވެ ހޮޅީގެ މައްސަލައަށް ދާއިމީ ހައްލެއް ވަރަށް އަވަހަށް ލިބޭނެ: ޝަމާއު

ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޓީ ކައުންސިލާއި ހަވާލުވި ިއރު މާލެ އޮތީ މައްސަލަތަކުން ފުނި ޖެހިފައިކަމަށާއި، ކުރިޔަށް އޮތް ދެ މަހެއް ހާ ދުވަސް ތެރޭގައި މާލޭގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ލިބިގެން ދާނެކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީގައި ވާހަކަދައްކަވަމުން ޝަމާއު ވިދާޅުވީ، މާލޭގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ކައުންސިލްރުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ވެހިކަލްތައް ޕާކް ކުރާނެ އިތުރު ޖާގަތައް މިހާރުވެސް ހަމަޖައްސައިދީފައިވާ ކަމަށާއި، އަދިވެސް ޕާކިންގ މައްސަލައަށް ހައްލުތައް ހޯދުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި މާލޭގެ މަގުތަކުގައި ހުރި ހޮޅިތަކުން މަގުތައް ސަލަމާތް ކުރަމުން ދާކަމަށްވެސް ޝަމާއު ވިދާޅުވިއެވެ.

“އަޅުގަނޑުމެން އައި އިރުވެސް މުޅި މާލެގައި އޮތީ ހޮޅި. މިހާރު އެ ޢަދަދަކަށް ނުހުންނާނެ. ކޮންމެ ދުވަހަކުވެސް ނޫނީ ކޮންމެ ހަފުތާއަކުވެސް ހަމަ ހޮޅިތައް ނެގެމުން އެބަދޭ. އަޅުގަނޑުމެން އައި އިރުގައި ވަރަށް ގިނަ ކަންތައްތައް އޮތީ ބޮއްސުންލާފަ.ތި ހުރިހާ ބޭފުޅުންނަށްވެސް އެނގޭނެ

ޝަމާއު ވިދާޅުވީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޕްލޭނެއް ނެތި މަސައްކަތް ކުރުންކަމަށެވެ. އެހެންކަމުން ރަނގަޅު ޕްލޭނަކާއެކު ސިޓީ ކައުންސިލުންވެސް މިހާރު ވަނީ މެގަ ޕްރޮޖެކްޓެއް ލޯންޗް ކުރުމަށް ތައްޔާރުވެފައިކަމަށާއި، އެ ޕްރޮޖެކްޓް ނިމޭއިރު މާލޭގައި ހުރި ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެން ދާނޭކަމަށްވެސް ޝަމާއު ވިދާޅުވިއެވެ.

“އެހެންވީމަ ކުރިޔަށް އޮތްތަނުގައު، އަޅުގަނޑުމެން ދެން މިކަންކަމަށް ދާއިމީ ހައްލެއް ގަނައުމަށްޓަކައި، ފެންބޮޑުވާ މައްސަލައާއި. ހޮޅި މާލެ ހޮޅީގެ މައްސަލައާ، މި ހުރިހާ ކަންކަމަށް ހައްލެއް ގެނައުމަށްޓަކައި، އަޅުގަނޑުމެން ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްވެސް އަޅުގަނޑުމެން ހިއްސާކުރިން. އެ ޕްރޮޖެކްޓް މިހާރު އޮތީ ފަށަން ކައިރިވެފަ. ގްރައުންޑު ބްރޭކިންގއަށް ދާން ޖެހިފަ. އހިސާބުގަ ދެން އެހެން ނަމަވެސް އެ މަސައްކަތް އަޅުގަނޑުމެން ހަވާލުކުރަން ޤަސްދުކޮށްފައި މިއޮތީ، ސަރުކާރުގެ ކުންފުންޏެއްކަމަށްވާ، އެމްއާރުޑީސީ، ނޫނީ އެމްއާރުޑީ. އެ ބޭފުޅުންނަށް މިހާރު އެދަނީ ވަސީލަތްތައް އެދަނީ ފޯރުކޮށްދެމުން. ދާދި އަވަހަށް އެ މަސައްކަތުގެ ގްރައުންޑު ބްރޭކިންގް އޮންނާނެ. އަޅުގަނޑުމެން މި އުންމީދު ކުރަނީ މި އަހަރު ތެރޭގައި އެ މަސައްކަތް ފެއްޓެން. “

މާލޭގެ ފެންބޮޑުވާ މައްސަލައާއި ޕާކިން މައްސަލައަކީ ބޮޑެތި މައްސަލަތަކެއް ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، ޕާކް ކުރާނެ ޖާގަ ނެތުމުން ޒޯނުން ބޭރުގައި ވެހިކަލްތައް ދަނީ ޕާކް ކުރަމުންނެވެ. އަދި ޒޯނުން ބެރުގައި ޕާކްކުރާތީވެ ސްޓިކަރ ޖަހާ ޖޫރިމަނާކުރާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: