ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ކިޔޫ ސަރަހައްދުގައި ދެ ބައެއްގެ މެދުގައި ބޮޑު ޒުވާބެއް ހިނގައި، ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ދެމީހުން 15 ދުވަހަށް ބަންދުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިމަހު 18 ވަނަ ދުވަހު 02 މީހަކު ހައްޔަރުކޮށްފައިވެއެވެ.
ހައްޔަރުކޮށްފައި ވަނީ ސްރީލަންކާގެ ދެމީހުން ކަމުގައިވާ ތިލަކް ސޮމަޗަންދްރާ މައްޑީތަލަވެ (43) އާއި ޕްރިޔަންތާ ސިލްވާ ދެވަނިއްތިގެ (46)އެވެ. ފުލުހުން ހާމަކުރި ގޮތުގައި އެމީހުންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް އިތުރު 15 ދުވަސް ވަނީ ޖަހާފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯރޓް (ވީއައިއޭ) ގައި މިހަމަނުޖެހުން ހިންގައިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގައެވެ.
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުން ކަމަށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.

