ކްލިކްގެ 22 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ހާއްސަ ހަފްލާއެއް ބާއްވައި، 5 އަހަރަށްވުރެ ގިނަ ދުވަހު ކްލިކްގައި މަސައްކަތް ކޮށްފައިވާ ހުރިހާ ސްޓާފުންނަށް ބޯނަސް ދީފިއެވެ.
ކްލިކްގެ 22 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ކްލިކްއިން ބޭއްވި ހަފްލާގައި 5 އަހަރަށްވުރެ ގިނަ ދުވަހު ކްލިކްގައި މަސައްކަތް ކޮށްފައިވާ ހުރިހާ ސްޓާފުންނަށް ވަނީ ބޯނަސް ދީފައެވެ. އަދި ކޮންމެ އަހަރަކު ސްޓާފަކަށް ދޭ އުމްރާ ޓްރިޕް ވަނީ އެވޯޑުކޮށްފައެވެ.
ކްލިކް ކޮމްޕިއުޓާސްގެ 22 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހާއްސަ ހަފުލާގައި، އެ ކުންފުނީގައި 5 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް ބޯނަސް ދީފިއެވެ. މީގެ އިތުރުން، ކޮންމެ އަހަރަކު މުވައްޒަފުންނަށް ދެމުން އަންނަ އުމްރާ ދަތުރު ވަނީ ހަވާލުކޮށްފައެވެ.
މި ރަސްމިއްޔާތުގައި ބައިވެރިންގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު ފަރާތްތަކަށް 5 އިނާމެއް ބަހާފައި ވެއެވެ. އެގޮތުން ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ޕްރޮމޯޝަން އޭޕްރިލް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެކަން ފާހަގަކުރި އެވެ.
މި ޕްރޮމޯޝަންގެ ދަށުން، 5،000 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ހާއްސަ ގުރުއަތެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. ގުރުއަތުން ހޮވޭ ފަރާތްތަކަށް ކޮންމެ ހަފުތާއަކު ކެރައޯކޭ ސިސްޓަމެއް ލިބުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ކްލިކްއިން ބައްލަވައިގަންނަ ކޮންމެ ލެޕްޓޮޕަކާއި ޑެސްކްޓޮޕް ކޮމްޕިއުޓަރަކާއިއެކު މައުސް، ހެޑްސެޓް، ޕެންޑްރައިވް އަދި ކެސްޕާސްކީ އެންޓިވައިރަސް މުޅިން ހިލޭ ލިބޭނެއެވެ.
މީގެ އިތުރުން، އަހަރީ ދުވަހާ ގުޅުވައިގެން މި މަހުގެ 19 އާއި 20 ގައި ކުރިއަށްގެންދިޔަ ދެ ދުވަހުގެ ހާއްސަ އޮފާގެ ދަށުން 22 ބާވަތެއްގެ ޕްރޮޑަކްޓުތަކަށް ބޮޑެތި ޑިސްކައުންޓްތަކެއް ވަނީ ދީފައެވެ. މީގެ ތެރޭގައި ލެޕްޓޮޕް، ގޭމިން ޗެއަރ، މައުސް، މޮނިޓަރ އަދި ގްރެފިކްސް ކާޑު ހިމެނެއެވެ.
މިފަދަ ގިނަ އޮފަރ ތަކާއި ޕްރޮމޯޝަންތައް ކްލިކް އިން އެކި ހާއްސަ ދުވަސްތަކަށް ދިމާކޮށް ކުރިއަށް ގެންދެއެވެ.
ޓެކްގެ މި ވިޔަފާރީގައި ވާދަވެރިކަން ދުވަހުން ދުވަހަށް އުފެދޭއިރު މާކެޓަށް އާ ޕްރޮޑަކްޓުތައް ނެރެ ކަސްޓަމަރުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުމަށްކަމަކީ ކްލިކްގެ އަމާޒެވެ. އަދި ކަސްޓަމަރުންގެ ޝައުގު ހުންނަ ކަންކަމަށް ބަލައި، އަދި ދޭ ފީޑްބެކްތަކަށް ބެލުމަށް ފަހު އެއަށް ރިއާޔަތްކޮށް ބަދަލުތައް ގެންނަ ކުންފުންޏެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ.
ކަސްޓަމަރ ލެޑް ކުންފުންޏެއްގެ ގޮތުގައި ހިންގުމަށް ކުރާ މަސައްކަތުގައި ކަސްޓަމަރުން އެ ބޭނުންވާ ނަތީޖާތަކަށް ބޮޑަށް ބަލާނެކަމަށްވެސް ކްލިކްއިން ވަނީ ބުނެފައެވެ.
މާކެޓައި، ވިޔަފާރިއަށް ބަދަލުތަކާއި އެކު އޮންލައިން ވިޔަފާރިތައް އަދި އެ ނޫން ވިޔަފާރިތައް ހިންގާއިރު ކްލިކްގެ އަމާޒަކަށް ވާނީ ކަސްޓަމަރުންނަށް ކޮލިޓީ އަގުހެޔޮ ކޮމްޕިއުޓާރ ސާމާނުތައް ގެނައުންކަމަށް ވެސް ރިއުމަނ ވިދާޅުވި އެވެ.
ކްލިކް ކޮމްޕިއުޓާސް އަކީ ތިން ރަޙްމަތްތެރިންގެ މެދުގައި ފެށުނު ވިޔަފާރިއެއް ނަމަވެސް އެ ކުންފުންޏަކީ މިހާރު އަމިއްލަ ޢާއިލީ ވިޔަފާރިއެކެވެ. ކްލިކް އިން ބުނީ އެ ކުންފުނި މިހާތަނަށް ކުރިއެރުމުގައި އޮތް އެންމެ ބޮޑު ހިއްސާއެއް ކަމުގައި ދެކެނީ ކްލިކްގެ ކަސްޓަމަރުންގެ ފަރާތުން ލިބުނު އިތުބާރާއި އެއްބާރުލުން ކަމަށެވެ. އަދި 22 އަހަރު ކުރިން އާދައިގެ ގޮތަކަށް ފެށި ނަމަވެސް މިއަދު ކްލިކް އަކީ އައިޓީއާ ގުޅޭ ހުރިހާ ސާމާނެއް އެއްތާކުން ލިބޭނެ އަދި ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ ވިޔަފާރިއެއްކަމަށް ވެސް ފާހާގަ ކުރި އެވެ.

