ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޞާލިހު ރިޝްވަތު ނެންގެވިކަމަށް ޖާބިރު ވިދާޅުވި މައްސަލަ އޭސީސީގައި ރަޖިސްޓްރީކޮށްފި، ތަހުގީގުކުރުމާމެދު އަދި ގޮތެއް ނުނިންމާ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރިޝްވަތާއި ކޮރަޕްޝަނުގެ ފައިސާ ނެންގެވި ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދެއްކެވި ވާހަކަތައް ތަހުގީގު ކުރުމާއި މެދު އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބުނެފިއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް “ސަންގަށް” ވިދާޅުވީ، އެ މައްސަލަ އޭސީސީއަށް ހުށަހެޅުމުން މައްސަލަ ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ދިރާސާ ކުރައްވަމުން ދާކަމަށާއި، މައްސަލަ ތަހުގީގުކުރުމާއިމެދު ގޮތެއް ނިންމަވާނީ ދިރާސާއަށް ފަހުކަމަށްވެސް ވިދާޅުވިއެވެ. އެއީ އާންމުކޮށް އޭސީސީއަށް ހުށަހަޅާ މައްސަލަތަކާއި މެދުވެސް ޢަމަލުކުރާ ގޮތްކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ރައީސް ޞާލިހު ރިޝްވަތު ނަންގަވާ އެ ފައިސާ ބެއްސެވިކަމަށް ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުގައި މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވީ ރިޝްވަތުގެ ފައިސާ ނެންގެވީ ޖާބިރުގެ އަތްޕުޅުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: