ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އަޅުގަނޑުމެންގެ ވެރިކަމެއްގައި އެންމެ ފުރަތަމަ އުވާލާނެ ޤާނޫނަކީ އިންކަމް ޓެކްސްގެ ޤާނޫނު”

ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް ޕީއެންސީ ވެރިކަމެއްގައި އިންކަމް ޓެކްސް ޤާނޫނު އުވާލާނެކަމަށް ޕީއެންސީގެ ނައިބު ރައީސް ޢަބްދުއްރަޙިމު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމާއި ގުޅިގެން ޕީޕީއެމް ޕީއެންސީގެ ފަރާތުން ސިލްސިލާކޮށް ބާއެްވަމުންދާ އެއްވުމުގެ ތެރެއިން ބުދަ ދުވަހުގެ ރޭ ޢަބްދުއްރަހީމު ވިދާޅުވީ، އިންކަމް ޓެކްސް ޤާނޫނު އުވާލާނެކަމަށާއި، އެއީ އޮންނަން ޖެހޭ ޤާނޫނެއް ނޫންކަމަށެވެ.

ޢަބްދުއްރަހީމު ވިދާޅުވީ އިންކަމް ޓެކްސް ނުނަގާ ޤައުމު ހިންގަން އެ ބޭފުޅުންގެ ސަރުކާރަކަށް އެނގޭނެކަމަށެވެ. އަދި އާމްދަނީ ހޯދާނެ ވަސީލަތްތައްވެސް ޤާއިމު ކުރާނެކަމަށްވެސް ޢަބްދުއްރަހީމު ވިދާޅުވިއެވެ.

” އަޅުގަނޑު މިރޭ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ މިއަދު ފާސްކޮށްފި ދެއްތޯ އިންކަމް ޓެކްސްގެ ބިލް. އަޅުގަނޑު މި ދަންނަވަނީ ޕީޕީއެމް ޕީއެންސީގެ ސަރުކާރެެއް މި ރާއްޖޭގަ ޤާއިމް ވެއްޖެއްޔާ، އެންމެ ފުރަތަމަ އުވާލާނެ ޤާނޫނަކީ ޓެކްސްގެ ޤާނޫނު.

ޢަބްދުއްރަހީމު ވިދާޅުވީ، މިދިޔަ ފަސް އަހަރު ދުވަހު ރައީސް ޔާމީން މި ޤައުމު ތަރައްޤީކުރެއްވީ އިންކަމް ޓެކްސް ނަގައިގެން ނޫންކަމަށެވެ. އެގޮތުން ރަށްރަށުގެ ފެނުގެ ނިޒާމާއި، ނަރުދަމާގެ ނިޒާމާއި، ބަނދަރު ހެދުމާއި، ހައުސިންގް ޔުނިޓްތައް ޤާއިމުކުރުމާއި، ރަށްރަށް ހިއްކުމާއި، އަދިވެސް ދިވެހި ރައްޔިތުން ދުވަހަކު އުންމީދު ނުކުރާވަރުގެ ތަރައްޤީ ގެނެސްދެއްވީ، އިންކަމް ޓެކްސް ނަގައިގެން ނޫންކަމަށްވެސް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

“ދިވެހި ރައްޔިތުން ދުވަހަކު އުންމީދު ނުކުރާ ތަރައްޤީ ފަސް އަހަރެއްގެ ތެރޭގައި ރައީސް ޔާމިން ގެނެސްދެއްވީ، އިންކަމް ޓެކްސް ނުނަގާ. އެހެންވީމަ އަދިވެސް އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ

ރައްޔިތުންގެ މަޖިލީހުން ބުދަ ދުވަހުވަނީ އިންކަމް ޓެކްސްގެ ޤާނޫނު ފާސްކޮށްފައެވެ. އަދި 2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޓެކްސް ނަގަން ފަށާގޮތަށް ވަނީ ބިލްގައި ލިޔެފައެވެ. މި ބިލް ފާސްކުރުމާއި ދެކޮޅަށް ވޯޓު ދެއްވީ، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާޙިމާއި، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤުގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: