ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރާއި ދެކޮޅު ކައުންސިލެއް ހޮވައިވެން، މާޒީ ތަކުރާރުވެ ގެއްލުން ވެދާނެ: މުހައްމަދު އިސްމާއިލް

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއި އިދިކީލި ކައުންސިލެއް ހޮވައިފި ނަމަ ލާމަރުކަޒީ ނިޒާމުގެ ތެރެއިން މާޒީގައި ދިމާވި ހުރަސްތައް އަލުން ކުރިިމަތިވެދާނެ ކަމަށާއި އެކަމުގެ ބިރު އޮތް ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ މާލެ ދާއިރާގެ ކެންޑިޑޭޓުންނާއި އެކު ވިލިމާލޭގައި ބޭއްވި ބައްދަލުވުމުގަ އެވެ.

މިރޭގެ ޖަލްސާގައި މުހައްމަދު އިސްމާއިލް ވިދާޅުވީ ޕީއެންސީން މި ފަށާ ދަތުރުގައި ރާއްޖޭގައި ސަރުކާރު ހިންގާ ޕާޓީގެ ކުރިއަށްއޮތް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށްޓަކައި ސިލްސިލާ ބައްދަލުވުންތައް ބާއްވަމުންދާ ކަމަށެވެ. މެމްބަރު ވިދާޅުވީ ނިމިދިޔަ އެކި އަހަރުގެ ތެރޭގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ބައެއް ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށެވެ.

މެމްބަރު ވިދާޅުވީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން ކަންކަން ކުރަމުން ދިޔަ ގޮތުން ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ގެނައުމުގައި ހުރަސްތައް ހުރި ކަމަށެވެ. ރައީސްގެ ވެރިކަމުގެ ތެރެއިންވެސް އެކި ކައުްނސިލްތަކުން ސަރުކާރަށް ޖެއްސުން ކުރަމުން ދިޔަ ކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ.

”ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ ތަރައްގީއަށަ އަޅުގަނޑުމެން މި ދަންނަވަނީ ސަރުކާރު ކެންޑިޑޭޓުން، ސަރުކާރުން ނެރެފައިވާ ބޭފުޅުން، ޕީއެންސީގެ ބެފުޅުން، ރައީސ ްޑރ. މއުިއްޒުގެ މި ޕާޓީޢަށް ތާއިދު ކުރައްވާ ބޭފުޅުން ހޮވައިދިނުމަކީ މި ރައްޔިތުންނަށް މުޅި ދިވެހިރާއްޖޭގެ ރައްޔިތުންނަށްވެަސް، ގްރޭޓާރ މާލޭ އޭރިއާގެ ރައްޔިތުންނަށްވެސް ހާއްސަކޮށް ވިލިމާލޭގެ ރައްޔިތުންނަށްވެސް މުހިންމު ކަމެކޭ“

މެމްބަރު ވިދާޅުވީ މާޒީގައި ކަންކަން ހިނގާފައިވާގޮތަށް އަނެއްކާވެސް ކަންކަން ތަކުރާރުވެދާނެ ކަމަށެވެ. އެކަމުގެ ބިރު އޮތް ކަމަށާއި ރައީސް މުއިއްޒުގެ ވެރިކަމުގައި ވީ ވައުދުތައް ރައްޔިތުންނާއި ހަމައަށް ގެނައުމަށް ސަރުކާރާއި އެކުގައި މަސައްކަތް ކުރާނެ ކައުންސިލެއް ބޭނުން ވާ ކަމަށެވެ.

މެމްބަރު ވިދާޅުވީ ވިލިމާލެއަށް ބެލިނަމަވެސް ބޭނުންވާ ތަރައްގީތަކެއް ނާންނަކަމަށެވެ. އެހެންނަމަވެސް ރާއިސް މުއިއްޒުގެ ވެރިކަމުގައި ރައްޔިތުންނަށް ބޭނުންވާ ގިނަތަރައްގީތަކެއް އައިސްފައިވާ ކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ. އެގޮތުން  ގިނަ މަޝްރޫއުަތކެއްވެސް އައިސްފައިވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: