ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުގެ އެއް އަހަރުގެ ތެރޭގައި 60 ގައިދީންގެ އަދަބް ލުއި ކޮށްދީފި

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްޢަތު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރަށް އެއް އަހަރުގެ ވެފައިވާއިރު މި ސަރުކާރުން 60 ގައިދީއެއްގެ އަދަބް ލުއި ކޮށްދީފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ. 

އެޓާނީ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ކްލެމެންސީ ބޯޑުގެ ތަފާސްހިސާންތަކަށް ބަލާއިރު 49 ގައިދީއެއްގެ އަދަބް ލުއި ކޮށް ނުދިނުމަށް ނުވަތަ މައާފް ނުދިނުމަށް ވަނީ ނިންމާފައެވެ. 

އެޓާނީ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައިވާ ކްލެމެންސީ ބޯޑުގެ ތަފާސްހިސާބްތަކަކީ 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ17 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ނޮވެންވަރުގެ މަހުގެ17 ވަނަ ދުވަހަށް ކްލެމެންސީ ބޯޑުން ނިންމާފައިވާ މައްސަލަތަކުގެ ތަފާސްހިސާބެވެ. 

މަޢާފް ދިނުމާއި އަދަބް ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކްލެމެންސީ ބޯޑުގެ ރައީސް އަދީ އެޓާނީ ޖެނެރަލްއެވެ. އަދި ގާނޫނުގެ ދަށުން ކްލެމެންސީ ބޯޑަށް އިދާރީ ގޮތުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދޭނީ އެޓާނީ ޖެނެރަލްގެ އޮީހުންނެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: