ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލެއާއި ބުރިޖު ގުޅާލާ ނިމޭނެކަމަށް ލަފާކުރެވެނީ މިއަހަރުގެ ނިޔަލަށް

ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަމާލެ ބުރިޖުގެ މަޝްރޫޢަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު އެއް އުމްރާނީ މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން މާލެއާއި ވިލިމާލެ ގުޅާލުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ވިދާޅުވެފައެވެ. މިއީ މާލެ ސަރަޙައްދުގެ ދަތުރުފަތުރަށް އަންނާނެ ބޮޑު ބަދަލެއްގެ ފެށުމެވެ.

މިނިސްޓަރ ޑރ. މުއްޠަލިބް ވިދާޅުވި ގޮތުގައި ތިލަމާލެ ބުރިޖުގެ މަސައްކަތް ހުއްޓުމެއްނެތި ބާރަށް ކުރިއަށްދެއެވެ. މާލެއާއި ވިލިމާލެއާ ދެމެދު ކުރެވެމުންދާ މަސައްކަތްތައް މިހާރު ފެންނަން ހުރިއިރު، މަޝްރޫޢުގެ ބޮޑު ބައެއް ވަނީ ނިމިފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މުޅި މަޝްރޫޢުގެ ގާތްގަނޑަކަށް 70 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. މީގެ ތެރޭގައި ހަތަރު ރަށް ގުޅާލުމަށް ބޭނުންވާ ތަނބުތައް ޖެހުމާއި، އެ ތަނބުތަކުގެ މަތީ ސްޓްރަކްޗަރގެ މަސައްކަތްތައް ހިމެނެއެވެ.

މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ދިޔަ ނަމަވެސް، ބޭނުންވާ އެންމެ ބާރު ދުވެލީގައި މަސައްކަތް ނުދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ މައިގަނޑު ސަބަބަކީ ކޮންޓްރެކްޓަރުގެ ފަރާތުން ހުރި ބައެއް ދަތިތަކެވެ. ކުރީ ސަރުކާރުން އިތުރު 30 މަސްދުވަސް މަޝްރޫޢަށް އިތުރުކޮށްދީފައިވާއިރު، މި މުއްދަތަކީ ދައުލަތުގެ ޒިންމާއެއް އޮވެގެން ދީފައިވާ މުއްދަތެއް ނޫންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިހާރު ސަރުކާރުން އަންނަނީ އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާ މަޝްވަރާކޮށް، މަސައްކަތް އަވަސްކުރެވޭނެ ގޮތްތަކެއް ހޯދަމުންނެވެ.

މި މަޝްރޫޢުގައި ޖުމްލަ 263 ހޮޅި ތަނބުތަކަށް ފައްތާފައިވާއިރު، ގުޅިފަޅުގައި ހުންނަ މައި ސައިޓުގައި ސެގްމަންޓްތައް ކާސްޓް ކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. ޖުމްލަ 1222 ސެގްމަންޓްގެ ތެރެއިން 500 އަށްވުރެ ގިނަ ސެގްމަންޓް މިހާރު ވަނީ ގުޅާލާފައެވެ. މުޅި ބުރިޖުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނައިރު، މިއީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި އެއްފަސްކޮށްލާނެ ވަސީލަތެކެވެ. ސަރުކާރުގެ އަމާޒަކީ ގުޅިފަޅުގައި މީހުން އާބާދުވާން ފަށާއިރު ބުރިޖުގެ ޚިދުމަތް ލިބޭނެ ގޮތް ހެދުމެވެ.

ތިލަމާލެ ބުރިޖަކީ 500 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢެކެވެ. މިއަހަރުގެ ނިޔަލަށް މާލެއާއި ވިލިމާލެ ގުޅާލެވުމަކީ މި މަޝްރޫޢުގެ ކާމިޔާބީގެ މުހިންމު ފިޔަވަޅެކެވެ. ކޮންޓްރެކްޓަރުގެ ދަތިތަކާއެކުވެސް، ސަރުކާރުން މަސައްކަތް ކުރަމުންދަނީ 2027 ވަނަ އަހަރުގެ ނިޔަލަށް މުޅި މަޝްރޫޢު އެއްކޮށް ނިންމާލުމަށެވެ. މިއީ ރާއްޖޭގެ އިޤްތިޞާދަށާއި އިޖުތިމާޢީ ދިރިއުޅުމަށް އަންނާނެ އިންގިލާބީ ބަދަލެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: