އެމްޕީއެލް ވިޔަފާރި ބަނދަރުގައި މަސަތްކަތްކުރަމުންދިޔަ އެކުންފުނީގެ މުވައްޒަފަކު ނިޔާވެފައިވާކަމަށް އެމްޕީއެލްއިން ބުނެފިއެވެ.
އޭނާ ނިޔާވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް އެމްޕީއެލްއިން މީޑީއާއަށް ފޮނުވި މެސެޖުގައިވެއެވެ. އޭނާ ނިޔާވެފައިވަނީ ފިޓުޖެހިގެންކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ.
އަދި އޭނާ ނިޔާވީ ފިޓު ޖެހިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ގެންދަނިކޮށް ކަމަށް ބުނެއެވެ. މިކަމާއި ބެހޭ އިތުރު ތަފްސީލެއް އަދި އެމްޕީއެލްއިން ހާމައެއް ނުކުރެއެވެ.
މިކަމާއިގުޅޭ އިތުރު މައުލޫމާތު ފޯރުކޮށްދޭނެކަމަށް ބުނެއެވެ.

