ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ސިޓީ ކައުންސިލަށް އޮޅިގެން ޔޫކޭ ސަފީރުކަމަށް ހީކޮށް ފަތުރުވެރިއަކަށް މާބޮނޑި އަރުވައިފި

ފޮޓޯ: މުހައްމަދު އަހުސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސި ވިލާތުގެ ސަފީރުކަމަށް ހީކޮށް އައްޑޫ ސިޓީ ކައުންސިލުން ފަތުރުވެރިއަކަށް މާބޮޑި އަރުވައިފިއެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައި ފެންނަނީ ފަތުރުވެރިއަކަށް ދެ ކަނަބަލަކު މާބޮޑިއެއް އަރުވާ މަންޒަރެވެ. އެ ޕޯސްޓްގައި ބުނެފައިވަނީ އެ ކަނބަލުންނަށް ހީވީ އެއީ އިނގިރޭސި ސަފީރުކަމަށެވެ. އިނގިރޭސި ސަފީރަކީ ކަނބަލެއް ނަމަވެސް އެ ދެ އަންހެނުން މާބޮޑު ދީ މަރުޚަބާ ކިޔާފައިވަނީ އީކުއޭޓަރ ވިލެޖަށް ދިޔަ ޓޫރިސްޓަކަށް ކަމަށްވެސް އެ ޕޯސްޓްގައި ބުނެފައިވެއެވެ.

މާބޮޑި ހޯދާފަ، ކުރުނބާވެސް ހުސްކޮށްލުމަށްފަހު އެ ދެ ކަނބަލުންނަށް ޝުކުރު އަދާކުރެއްވުމަށްފަހު ފަތުރުވެރިޔާ ވަނީ ރިސޯޓަށް ގޮސްފައިކަމަށްވެސް އެ މަންޒަރު ދުށް މީހާ ބުނެފައިވެއެވެ.

މި ޕޯސްޓަށް އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއް ވަނީ ކޮމެންޓެއް ކުރައްވާފައެވެ. އޭނާ އެއަށް ކޮމެންޓްކުރައްވާފައިވަނީ ކޮންމެވެސް މީހަކު އޭނާއާ އެ ޕޯސްޓްގައި ޓެގް ކުރުމުންނެވެ.

އޭނާ ކުރައްވާފައިވާ ކޮމެންޓުގައި ވިދާޅުވެފައިވަނީ، އެއީ އޭނާއާ ބެހޭ ކަމެއް ނޫންކަމަށާއި، އަދި ސަފީރު ރިސީވްކުރަން ދާން އަންގާފަވެސް ނެތްކަމަށް ކޮމެންޓްގައިވެއެވެ. އަދި “ޝަފޫ ޝަފީޤު” އިތުރަށް ބުނެފައިވަނީީ، އޭނާ އެތަނަށް ދިޔަނަމަ އިނގިރޭސި ސަފީރު ވަކިކުރަން އެނގޭނެ ކަމަށާއި، އެއީ ކާކުކަމާއި އޭނާގެ ނަމަކީ ކޮބާކަންވެސް އޭނާއަށް އެނގޭކަމަށެވެ. 

އަންހެނުންނަށް އިހާނެތިކޮށް ހުރި ކޮމެންޓްތަކަށް ރައްދުދީ، އިތުރަށް އޭނާ ބުނެފައިވަނީ ކޮންމެ އަންހެނަކީ “ގަޅި” މީހެއް ނޫންކަމަށެވެ. އަދި އެގޮތަށް އަންހެނުން ޖަޖް ނުކުރުމަށާއި، “ތި މީހުން މިދުނިޔެއަށް އުފަންކޮށް ބަލާ ބޮޑު ކުރަނީވެސް އަންހެނެއްް” ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި މިވަރުގެ އޮޅުމެއް އެރީ ސިޓީ ކައުންސިލުން ރަނގަޅު އިރުޝާދު ދީފައިނުވާތީއެވެ. އަދި ސަފީރު ހުންނެވީ ޑޮމެސްޓިކް ޓަރމިނަލްގައިކަމެއް ނުވަތަ ވީއައިޕީ ލައުންޖުގައި ކަން ސާފު ނުވުމުންނެވެ. ނަމަވެސް މި އޮޅުމަށްފަހު މޭޔަރު އަބްދުﷲ ސޯދިގު ސޯބެއާއި ސަފީރު އެއަރޕޯޓުން ބައްދަލުވިއެވެ.

މި ޕޯސްޓް ވަނީ މީސް މީޑިއާގައި ބޮޑު ސަމާލުކަމެއް އައިސްފައެވެ. އަދި ވަރަށް ގިނަ ބަޔަކު ދަނީ އެ ޕޯސްޓް ޝެއަރކޮށް ކޮމެންޓް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: