ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ: މިނިސްޓަރ

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ސަރުކާރުން ދޭ ރޯދަ ހަދިޔާ ލިބޭނެކަމުގެ ޔަގީންކަން މިނިސްޓަރ އޮފް ސިޓީސް، އާދަމް ޝަރީފު ޢުމަރު ދެއްވައިފިއެވެ.

މިނިސްޓަރ މިކަން ހާމަކުރެއްވީ ރޯދަ ހަދިޔާ ބެހުމާ ގުޅޭ ގޮތުން މީޑިއާތަކަށް މަޢުލޫމާތު ދެއްވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި މުޅި ރާއްޖޭގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ 24 ޖެނުއަރީ 2026 ގައެވެ. ނަމަވެސް، ގްރޭޓަރ މާލެ ސަރަހައްދުގައި މި މަސައްކަތް މި މަހުގެ 22 ވަނަ ދުވަހު ފެށޭނެއެވެ. މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ދޫކުރުން ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ.

ރޯދަ ހަދިޔާ ދިނުމުގައި ގޭބިސީ ކަނޑައަޅާފައިވާ އުސޫލަށް ބަލާއިރު، އަތޮޅުތެރޭގެ ރަށްރަށާއި ސިޓީތަކުގައި ގޭބިސީގެ ގޮތުގައި ބަލާނީ ވަކިން ކައްކައި ކައިބޮއި ހަދާ ކޮންމެ ދިވެހި އާއިލާއެކެވެ. މާލެ ސަރަހައްދުގައި ގޭބިސީގެ ގޮތުގައި ބަލާނީ ކޮންމެ ޑޮމެސްޓިކް ކަރަންޓު މީޓަރެކެވެ. މި އުސޫލުން ބަލާއިރު ރަށްރަށުގައި 56,918 ގޭބިސީ އަދި މާލެ ސަރަހައްދުގައި 61,755 ޑޮމެސްޓިކް މީޓަރު ހިމެނޭހެން ޖުމުލަ 118,673 ފަރާތަކަށް ހަދިޔާ ލިބޭނެއެވެ.

މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބެހުމަށްޓަކައި ޖުމުލަ 15 މަރުކަޒެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭގައި 8 މަރުކަޒު، ވިލިމާލޭގައި 1 މަރުކަޒު އަދި ހުޅުމާލޭގައި 6 މަރުކަޒެވެ. މި މަސައްކަތް ފަސޭހަކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު ޚާއްޞަ ޕޯޓަލްއެއް (roadhahadhiya.mv) ވަނީ ތައާރަފުކޮށްފައެވެ.

ރޯދަ ހަދިޔާ ބަހާ މަރުކަޒުތަކުން ތަކެތި ދޫކުރަން ފަށާނީ 24 ޖަނަވަރީ 2026 ގައެވެ. އަދި މި ހަރަކާތް 11 ފެބުރުވަރީ 2026 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ. އާންމުންނަށް މިހާރު ޕޯޓަލް މެދުވެރިކޮށް ނަންބަރު ނެގުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: