ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހީމް މަގާމުން ވަކިކޮށްފިއެވެ.
”ސަންގަށް“ މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ތަރުޖަމާނު ފާތިމަތު ރިފާތު ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ވަކިކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލްތަކެއް ހާމަކޮށްފައެއް ނުވެއެވެ.
އެ މަގާމުން އަބްދުލްމަޖީދު ވަކިކުރައްވާފައިވާއިރު އޭނާ ހުންނެވީ މިނިސްޓްރީގެ ދަށުގައި މިނިސްޓްރީގެ ދަށުގައި އޮންނަ ބިދޭސީންގެ ކަންކަން ބަލަހައްޓާ، ފޮރިން ލޭބާ ޑިޕާޓްމަންޓްގެ އިސްވެރިޔާގެ މަގާމުގައެވެ. އަދި ޑީއެންއާރުގެ ކަންކަން ބެލެހެއްޓުމާއިވެސް ހަވާލުވެ ހުންނެވީ މަޖީދުކަން ފާހަގަކުރެވެއެވެ.

