ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ގިނައިން މުދަލު ޒަކާތް ލިބުނީ މިދިޔަ އަހަރު: ޒަކާތު ހައުސް

ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ 5 އަހަރުގެ ތެރޭގައި އެންމެ ގިނައިން މުދަލު ޒަކާތް ލިބިފައިވަނީ މިދިޔަ އަހަރު ކަމަށް ޒަކާތު ހައުސްގެ ތަފާސް ހިސާބުން ދައްކައިފިއެވެ.

ޒަކާތު ހައުސްއިން އެކސްގައި އާއްމުކޮށްފައިވާ ތަފާސް ހިސާބުން ދައްކާގޮތުގައި މިނިދިޔަ 5 އަހަރު 483 މިލިއަން ރުފިޔާ ވަނީ ލިބިައެވެ. އަދި 2021 އިން ފެށިގެން މިދިޔަ އަހަރާއި ހަމައަށް ކޮންމެ އަހަރަލު 90 މިލިއަނަށްވުރެ ގިނައިން ވަނީ ލިބިފައެވެ.

މުދަލު ޒަކާތް ލިބިފައިވާ މިންވަރު:

  • 2025 ވަނަ އަހަރު 107.2 މިލިއަން ރުފިޔާ
  • 2024 ވަނަ އަހަރު 102.28 މިލިއަން ރުފިޔާ
  • 2023 ވަނަ އަހަރު 90.20 މިލިއަން ރުފިޔާ
  • 2022 ވަަނަ އަހަރު 92.70 މިލިއަން ރުފިޔާ
  • 2021 ވަނަ އަހަރު 91.39 މިލިއަން ރުފިޔާ

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ޒަކާތު ހައުސްއިން ވަނީ މިދިޔަ ޑިސެންބަރު މަހުގެ 21ވަނަ ދުވަހު ބޮޑުކޮށްފައެވެ.

ޒަކާތު ހައުސްއިން އެކަން ހާމަކޮށް ނެރުނު އިއުލާނުގައިވާ ގޮތުން، އެ ދުވަހުން ފެށިގެން ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 19،527.90 ރުފިޔާއެވެ. އެއީ އޭގެ ފަސް މަސް ކުރިން ނިޞާބުކަމަށް ކަނޑައެޅި 11،191.95 ރުފިޔާއަށް ވުރެ 8،335.95 ރުފިޔާ އިތުރު އަދަދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: