ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިންވެރިޔާ ސްކީމްގެ ދަށުން 41 ގޯތި ހަވާލުކޮށްފި: ހައުސިންގ

ޝެއާރކޮށްލާ ކަހަލަދޯ؟

ބިސްވެރިޔާ ސްކީމްގެ ދަށުން ކ. ގުޅީފަޅުން މިހާތަނަށް 41 ގޯތި ހަވާލުކޮށްފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

ހައުސިންގ މިނިސްޓްރީން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ އެކަން ހާމަކޮށްފައެވެ. ބިންވެރިޔާ ސްކީމް“ ގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް އައު ރަޖިސްޓްރީއާއި އެއްބަސްވުން ދޫކުރުމުގެ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހުގެ 12ވަނަ ދުވަހު އެވެ. މިދިޔަ އޮގަސްޓު މަހުގެ 28އާ ހަމައަށް 1،260 މީހަކަށް ގޯތީގެ ރަޖިސްޓްރީ ދީފައިވެއެވެ.

ގުޅީފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނާ ގުޅިގެން، 2025 މޭ 30 ގައި އުސްފަސްގަނޑު ސަރަޙައްދުގައި ގުރުއަތުލުމެއް ބޭއްވިއެވެ. މި ބަދަލާ ގުޅިގެން ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީތަކާއި އެއްބަސްވުންތައް ވަނީ ބާޠިލުވެފައެވެ.

އައު ރަޖިސްޓްރީއާއި އެއްބަސްވުމާ ޙަވާލުވުމަށް ”ހިޔާވެހި ޕޯޓަލް“ މެދުވެރިކޮށް އެޕޮއިންޓްމަންޓް ނެގުމަށް ހަމަޖެހިފައިވެއެވެ. މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި، އެޕޮއިންޓްމަންޓަށް ޙާޒިރުވާއިރު ގަޑިއަށް ސަމާލުކަން ދިނުމާއެކު، ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރުމަކީ މުހިންމު ކަމެކެވެ.

މި މަސައްކަތަކީ ގުޅީފަޅު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށްގެންދެވޭ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށްވާއިރު، މި މަސައްކަތް އަވަހަށް ނިންމުމަށް ސަރުކާރުން އިސްކަންދޭކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: