ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީއިން ބާއްވާ ޓިކްޓޮކް މުބާރާތުގެ މުއްދަތު އިތުރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

”ރަށުގެ ކުރިމަގު“ ގެ ނަމުގައި، ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން އާންމުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބާއްވާ ޓިކްޓޮކް މުބާރާތުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ”ރަށުގެ ކުރިމަގު“ގެ ނަމުގައި ޓިކްޓޮކް މުބާރާތެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންމެ ފުރަތަމަ އިފްތިތާހުކޮށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލީ 28 ޑިސެމްބަރު 2025 ގައެވެ. މިގޮތުން އީސީން އެންމެ ފުރަތަމަ އިއުލާނުކުރީ މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން މި މަހުގެ 10ވަނަ ދުވަހުގެ މެންދުރު 14:00 ޖެހުމުގެ ކުރިން ވީޑިއޯތައް އެކޮމިޝަނަށް ފޮނުވުމަށެވެ.

އެހެނަސް މިހާރު އިލެކްޝަންސް ކޮމިޝަނުން ވަނީ އެ މުއްދަތު މި ޖެނުއަރީމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. އީސީން ބުނީ، އެ ދުވަހުގެ މެންދުރު 14:00ގެ ކުރިން ވީޑިއޯތައް އެ ކޮމިޝަނަށް ފޮނުވަން ވާނެކަމަށެވެ.

މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ 2026 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމެވެ. މީގެ އިތުރުން، އިންތިޚާބީ މަރުހަލާތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި، އިންތިޚާބާ ގުޅިގެން މުޖުތަމައުގައި ހިނގާ ނޭދެވޭ އަމަލުތައް މަދުކުރުމަށް ފަރުދީ ޒިންމާ އަދާކުރުމަށް ހިތްވަރުދިނުން މި މުބާރާތުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ބައިވެރިވުމުގެ ޝަރުތުތަކާއި ސުންގަޑި

މި މުބާރާތުގައި ބައިވެރިވެވޭނީ 18 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށެވެ. ނަމަވެސް އިންތިޚާބުގައި މަސައްކަތްކުރާ އޮފިޝަލުންނަށް މި މުބާރާތުގައި ބައިވެރިއެއް ނުވެވޭނެއެވެ. ބައިވެރިންނަށް އަމިއްލަ ގޮތުން ނުވަތަ ޓީމެއްގެ ގޮތުގައި ވެސް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މި ޖެނުއަރީމަހުގެ 31 ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން ވީޑިއޯތައް އެ ކޮމިޝަނަށް ފޮނުވަންވާނެ ކަމަށް އީސީއިން ބުނެއެވެ.

ވީޑިއޯ ތައްޔާރުކުރަންޖެހޭ މައުޟޫއުތައް

މުބާރާތުގެ ބައިވެރިންނަށް ތިރީގައިވާ ހަތަރު މައުޟޫއުގެ ތެރެއިން ކޮންމެ މައުޟޫއަކަށް ވެސް ވީޑިއޯ ތައްޔާރުކުރެވިދާނެއެވެ:

  • ވޯޓުލުމަށް ބޭނުންކުރާ ރަސްމީ ލިޔުންތައް
  • ލޯކަލް ކައުންސިލް އަދި އަންހެނުންގެ ކޮމިޓީ އިންތިޚާބުގައި ވޯޓުލުމުގެ މުހިންމުކަން
  • އިންތިޚާބެއްގެ ތެރޭ ކޮށްގެން ނުވާނެ ކަންކަން
  • މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މުހިންމުކަން

އީސީން ބުނިގޮތުގައި ވީޑިއޯތަކުގެ ދިގުމިން ހުންނަންވާނީ 30 ސިކުންތާއި ދޮޅު މިނެޓާ ދެމެދުގައެވެ.

ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ދޭ އިނާމު

މި މުބާރާތުން ހޮވޭ އެންމެ މޮޅު ތިން ވީޑިއޯއަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 5،000 ރުފިޔާ، ދެވަނައަށް 3،000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 2،000 ރުފިޔާ ދިނުމަށް އީސީން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: