ދ. ކުދަހުވަދޫގައި ހުންނަ އެއަތޮޅު ހޮސްޕިޓަލުގައި މިއަދު ޑަޔަލިސިސްގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
ކުދަހުވަދޫ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑަޔަލިސިސްގެ ހިދުމަތް ފައްޓަވައިދެއްވީ، ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމެވެ.
ކުޑަހުވަދޫގައި ހުޅުވުނު، ށަޔަލިސިސް ސެންޓަރުގެ ސަބަބުން ގިނަ ބަލިމީހުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބި، ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ލިބިގެންދާނެއެވެ.
ޑައިލިސިސްގެ ހިދުމަތަކަކީ ކިޑްނީ ބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީގެ ފަންކްޝަން ވަކިވަރަކަށްވުރެ ދަށްވުމުން ކޮންމެ ހަފްތާއަކު ވެސް ދޭއް ނުވަތަ ތިންދުވަހު މެޝިންގެ އެހީގައި ހޯދާ ހިދުމަތެކެވެ. ޑައިލިސިސް ހެދުމަށް ކޮންމެ ދުވަހަކު ހަތަރު ގަޑިއިރު ހޭދަވެއެވެ.
މާލެ ސަރަހައްދުން އައިޖީއެމްއެޗާއި ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލުގައި ޑައިލިސިސް ހެދެއެވެ. އޭގެ އިތުރުން ރީޖަނަލް ގިނަ ހޮސްޕިޓަލްތަކާއި ފުވައްމުލަކު އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އެ ފަރުވާ ލިބެއެވެ.
ޒަމާނީ ވަސީލަތްތަކާއެކު ހުޅުމާލެ ހޮސްޕިޓަލްގައި 30 އެނދުގެ ޑަޔަލިސިސް ސެންޓަރެއްވަނީ މިދިޔައަހަރުގެ މެދުތެރޭގައި ޤާއިމްކުރެވިފައެވެ.
މި ސަރުކާރުގެ ދެ އަހަރު ތެރޭގައި 11 ރަށެއްގައި މި ހިދުމަތް ފޯރުކޮށްދެވިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

