ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިންގާ އަޅައި، އެއްބަސްވުމުގައި ސޮއި ކުރުން ސަރުކާރުން ދެކެނީ ވައުދު ފުއްދުންކަމަށް: ޣަފޫރު

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ރައްޔިތުންނަށް މަކަރާއި، ދޮގާއި، އޮޅުވާލުން ނޫން އެހެން ކަމެއް ނުކުރާކަމަށް، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބޭއްވި ޕާޓީގެ ހަރުގެ ޖަލްސާގައި ޣަފޫރު ވިދާޅުވީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމާއި ޑިމޮކްރެޓިކް ނިޒާމަކީ އެމްޑީޕީގެ ބުރަ މަސައްކަތުން ގެނައި ނިޒާމުތަކެއް ކަމަށެވެ. ނަމަވެސް، މިހާރުގެ ސަރުކާރުން ޑިމޮކްރަސީގެ ބޭނުންކޮށްގެން އެ ނިޒާމު ހަލާކުކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގަބޫލު ކުރައްވާ ގޮތުގައި، އެއްބަސްވުންތަކުގައި ސޮއިކުރުމާއި، މަޝްރޫއުތައް ފައްޓަވައިދެއްވުން އެއީ ވައުދު ފުއްދުމެވެ. އަދި ސަރުކާރުގެ ދެ އަހަރު އެއްކޮށް ފެނުނު މަންޒަރަކީ ވެސް އެއީކަމަށް ވިދަޅުވި އެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒު ކުރައްވައި ޣަފޫރު ވިދަޅުވީ، ދިވެހި ރައްޔިތުންނަށް ހުރިހާ ދަތިތަކެއް ކުރިމަތިލާން ޖެހިފައި ވަނީ މިއީ އަނިޔާވެރި ސަރުކާރަކަށް ވާތީ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ޣަފޫރު ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ނުލިބޭ ވަރަށް ބޭރު ފައިސާ މާލިއްޔާއަށް ވަންނަމުންދާއިރު ވެސް، ޑޮލަރުގެ އަގު 20 ރުފިޔާ 22 އަށް އުފުލިފައި ވަނީ ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއާއި ސަރުކާރުގެ ޑޮލަރުގެ ތެރެއިން 400 މިލިއަން ޑޮލަރުގެ މަޝްރޫއުތައް ބޭރު ކުންފުނިތަކަށް ދީގެން އެ ފައިސާ ރާއްޖޭން ބޭރުކޮށްފައިވާކަމަށް ތުހުމަތުކުރެއްވިއެވެ.

އަންނަ އޭޕްރިލް މަހު އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ގުޅޭގޮތުން ޣަފޫރު ވިދާޅުވީ ސަރުކާރުގެ ކެންޑިޑޭޓުންގެ ތެރޭގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި ހިމެނޭ އެތައް ބަޔަކު ތިބި ކަމަށެވެ. މިއާއިއެކު މަގާމުތަކަށް އައުމަށް ފަހު ދެ އަހަރުގެ ތެރޭގައި އެތައް ބައެއްގެ ދިރިއުޅުން މުއްސަނދިވެފައިވާކަމަށް ވިދާޅުވި އެވެ. ޣަފޫރު ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުގެ ތެރޭގައި ނުހައްގު މުއްސަނދިކަން ލިބިފައިވާ އެތައް ބަޔަކު އެބަތިއްބެވެ.

މީގެއިތުރުން ޣަފޫރު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްގައި ކައުންސިލްތަކަށް ދޭ ފައިސާ ދެގުނަ ކުރާނެކަމަށާއި، ކައުންސިލްތައް ބާރުވެރިކޮށް ރައްޔިތުންގެ ބާރު ރައްޔިތުންގެ އަތްމައްޗަށް އަލުން އިއާދަކޮށްދޭނެ ކަމަށެވެ. އަދި ކައުންސިލް އިންތިހާބުގައި ރައްޔިތުން ސަރުކާރަށް ”ނޫނެކޭ“ ބުނެ، އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން އެބަ އޮތްކަމަށް ވެސް ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް އިންތިހާބުތައް ކާމިޔާބު ކުރުމަށްޓަކައި އެމްޑީޕީގެ އެއްވެސް ބަޔަކު ބާކީވެގެން ނުދާނެ އެވެ. އަދި އެންމެން ވެސް ގުޅިގެން، ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީއަށް ނެގުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަމަށް ވިދާޅުވި އެވެ.

އެމްޑީޕީއަކީ ބަލިވިޔަސް ބަލި ގަބޫލުކުރަން އެނގޭ، އަދި މޮޅުވިޔަސް މޮޅުވާން އެނގޭ ފަދަ ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާ ޕާޓީއެއްކަމަށް ވިދާޅުވެ ޣަފޫރު ވަނީ، އިންތިޚާބުތަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސް، ޕާޓީގެ މެންބަރުން ތިބޭނީ ގަދަކޮށްކަމަށް ތަކުރާރު ކުރައްވާފަ އެވެ. އަދި ބަލި ގަބޫލުކޮށް، އަލުން ޕާޓީއާ އެކު ވަރުގަދައަށް މަސައްކަތް ކުރަން އެ މެންބަރުން ނުކުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވި އެވެ.

މިސާލު ނަންގަވައި ޣަފޫރު ވިދާޅުވީ އެންމެން ފަހުން ޕްރައިމެރީގައި ބަލިވީ ކެންޑިޑޭޓުން، ޓިކެޓު ކާމިޔާބު ކުރި ފަރާތްތަކަށް މަރުހަބާ ކިޔައި އެކުގައި ކުރިޔަށްދާނެކަމުގެ ޔަގީކަން ދިންކަމަށެވެ.

ޣަފޫރު އިތުރަށް ވިދާޅުވީ، ޕާޓީގެ ކެންޑިޑޭޓުންގެ ފަހަތަށް ހުރިހާ މެންބަރުން އަރައި، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާކަން ފެންނާނެކަމަށެވެ. އަދި އެމްޑީޕީގެ އަމާޒަކީ އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދައި، ރައްޔިތުންގެ އިތުބާރު އަލުން ހޯދުންކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: