ނ. އަތޮޅު ވެލިދޫގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް އެ ރަށުގެ ލޯކަލް ޓޫރިޒަމް ފުޅާކުރުމުގެ މަގްސަދުގައި ސީޕްލޭންގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި ހިދުމަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު 2025 ވަނަ އަހަރުގެ ޖުލައި މަހު އެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި 2026 ވަނަ އަހަރު ޖެނުއަރީ މަހު ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ގާއިމްކޮށް ދަތުރުކޮސް ދަތުރުތައް ފަށްޓަވައިދެއްވާނެކަމަށް ވެވަޑައިގެންނެދި ވައުދުފުޅުގެ ދަށުން ފެށިގެންދިޔަ މަސައްކަތެކެވެ.
ހިދުމަތް ފެށުމާއިބެހޭ ގޮތުން މައުލޫމާތު ދެމުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ވިހަފަރު ފަޅުގައި އެއަރޕޯޓެއް ބިނާކުރެވެންދެން މިއީ ވަގުތީ އިންތިޒާމެއް ނަމަވެސް، އެއާޕޯޓް ނިމުމުންވެސް ގައުމީ އެއާލައިންގެ ވިއުގަ މެދުވެރިކޮށް މި ހިދުމަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.
ސަރުކާރުން ރަށްރަށުގެ ވައުގެ ދަތުރުފަތުރު ތަރައްގީކޮށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން ވެލިދޫއަކީ ސީޕްލޭންގެ ދަތުރުތައް ފެށުނު މީހުން ދިރިއުޅޭ ތިންވަނަ ރަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީން ބުނެފައި ވަނީ މިހާރުވެސް މޯލްޑިވިއަން އިން ބ. އަތޮޅުގެ ދެ ރަށަކަށް ދަތުރުތައް ބާއްވަމުންދާއިރު އަންނަ މަހު އއ. ތޮއްޑޫއަށް ވެސް މި ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
މީގެއިތުރުން ފަސިންޖަރުންނަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްތަކައި މޯލްޑިވިއަންގެ ސީޕްލޭން ތާމިނަލް ޒަމާނީ ފެންނަށް ބަދަލުކޮށް މިއަަހަރުގެ ތެތޭގައި ހުޅުވުމަށް ރޭވިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ރައްޔިތުންނަށް އިތުބާރު ހުރި ދަތުރުފަތުރުގެ ނިޒާޟެއް ގާއިމްކޮށްދިނުމަށް ރައީސް ގެންގުޅޫއްވާ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާކުމުގެ އެންމެ ދެކުނުގެ ހަތަރުއަތޮޅު ވައިގެ މަގުން ގުޅާމުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީ ބުނެފައިވަނީމި ދަތުރުތައް މި މަހުގެ 30ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

