ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަމަކީ މައި ބޭސްކަމަށް ބަލައި އައްޑޫއާއި ހުވަދުއަތޮޅު ގުޅާލުމުގެ މަސައްކަތް މިމަހު ފަށާނެ: އަމީން

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ގަމަކީ ބޭސްކަމުގައި ބަލައިގެން ހުވަދޫ އަތޮޅުގެ އުތުރާއި ދެކުނު ގުޅުވާލެވޭނެ ޝެޑިއުލް ނެޓްވޯކެއްގެ އޮޕަރޭޝަންތައް މިމަހު ފެށިގެންދާނެކަމަށް ޓްރާނަސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވެލިދޫގައި ސީޕްލޭންގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ އައިލެންޑް އޭވިއޭޝަނުން ސީޕްލޭންގެ ހިދުމަތް ފުޅާކުރަމުން ގެންދާއިރު ވެލިދޫގައި މި އެޅުނު ޕްލެޓްފޯމަކީ މިއީ މީގެ 3 ވަނަ ޕްލެޓްފޯމު ކަމަށެވެ. އަދި އިތުރު ދެ ސަރަހައްދެއްގައި މި މަސައްކަތް ފުޅާކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަންނަ މަހު ރައީސްގެ ވައުދާ އެއްގޮތަށް ތޮއްޑޫއަށްވެސް ސީޕްލޭންގެ ދަތުރުތައް ފެށިގެންދާނެކަމަށެވެ. ރާއްޖޭގެ އަބާދީގެ ނިސްބަތަށް ބަލާއިރު ސީޕްލޭން އޮޕަރޭޝަނަކީ ހަރަދު ބޮޑު މަސައްކަތެއް ނަމަވެސް އަތޮޅުތެރޭގެ ތަރައްގީއާއި ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށް މިއީ މުހިއްމު މަސައްކަތެއްކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

”އުމްރާނީ ގޮތުންވެސް ކުރަންޖެހޭ ކަންކަން ކުރުމުގައި ދަތުރު ފަތުރުގެ ނިޒާމަކީ މުހިންމުކަމެއް. އެގޮތުން ކަނޑުގެ މަގުން އޮންނަ ނެޓްވޯކުގެ އިތުރުން ވައިގެ މަގުން ނެޓްވޯކް އިތުރުކުރުމަކީ މުހިންމު ކަމެއް“

އަމީން ވިދާޅުވީ މިމަހުގެ ތެރޭގައި ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ އަތޮޅާއި ފުވައްމުލަކާއި ގއ.އަތޮޅު އަދި ގދ. އަތޮޅު ގުޅުވާލުމަށް ނިންމާފައިވާކަމަށެވެ.

ގަމަކީ މައި ބޭސްކަމަށް ބަލައިގެން މަސައްކަތް ކުރާއިރު މި މަސައްކަތް ދެމެހެއްޓެނިވި ގޮތެެއްގައި ކުރިއަށް ގެންދެވިއްޖެނަމަ އައްޑޫއާއި ހުވަދުއަތޮޅުގައި ލޯކަލް ޓުއަރިޒަމް ތަރައްޤީކުރުމަށް ކުރިއެރުންތަކެއް ލިބޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: