ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފަންނު ފުޓްސަލް ޓީމުން މުބާރާތައް ތައްޔާރުވާއިރު ޖިސްމާނީގޮތުން ދުޅަހެޔޮ ވާންޖެހޭ: މޫސާ އަލީ ޖަލީލް

ޝެއާރކޮށްލާ ކަހަލަދޯ؟

މާފަންނު ފުޓްސަލް ޓީމުން މުބާރާތައް ތައްޔާރުވާއިރު ޖިސްމާނީގޮތުން ނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ވާންޖެހޭ ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ވިދާލޫވެއްޖެއެވެ.

މާފަންނު ފުޓްސަލް ޓީމުގެ ޖޯޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މޫސާ އަލީ ޖަލީލް ވިދާޅުވީ ފުޓްސަލް ނުވަތަ ފުޓުބޯޅަފަދަ ކަންކަމަކީ މިއީ ވަރަށް ފުޅާ ކުޅީވަރުތަކެއްގެ ގޮތުގައިކަމެއް ކަމަށެވެ. ފުޓުބޯޅަ ކުޅޭއިރު ހަމައެކަނި ފިޒިކަލީ ފިޓުކޮށް ހުރިނަމަވެސް އެމީހާގެ ހަށިގަނޑާއި ސިކުނޑި އެމީހަކު ބޭނުންވާ ކަމެއް ކުރާން ތަރުބިއްޔަތު ކުރާ ކަމަށެވެ.

މޫސާ ވިދާޅުވީ ލަނޑެއް ޖެހުމަކީ ބުނަން ފަސޭހަ ކަމެއް ނަމަވެސް، އެކުޅުންތެރިޔަކު ކުރި ބުރަ މަސައްކަތަކީ ފެންނާނެ އެއްޗެއް ނޫން ކަމަށެވެ. އެފަދަ މުބާރާތްތަތައް ކުޅެވޭނީ އެމީހާގެ ބުންވަރާއި އަދި ސްޓްރެޓަޖީއެއްވެސް އޮވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

”ސިނކުނޑިން އެބަޖެހޭ ވަރަށް ބޮޑަށް ވިސްނަން. އޭނާގެ ސިނކުނޑިއާއި އޭނާގެ ހަށިގަނޑާއި އޭނާގެ ފަޔާއި އެބަޖެހޭ ކޯޑިނޭޓް ވާން. މިސާލަކަށް ބަލަމާ ހިނގާ އޯވަރ ހެޑް އެޖަހަނީ ގޯލަށް. އެއީ ޓެލެންޓެޑް ވީމަ. ކުޑައިރުއްސުރެ އެ ޓެލެންޓު ހަށިގަނޑުގައި އަށަގަނެ އެ ޑެވޮލޮޕްކޮށް އޭގަ ފައިދާ ނަގަން އިނގުނީ އެހާ މޮޅަށް އެ ކުޅެވެނީ“

މޫސާ ވިދާޅުވީ މާފަންނު ފުޓްސަލް ޓީމުން މުބާރާތައް ތައްޔާރުވާއިރު ޖިސްމާނީގޮތުން ނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ވާންޖެހޭ ކަމަށެވެ. ދީނީ ކަންކަމަށް އިސްކަން ދޭން ޖެހޭ ކަމަށާއި، ނަމާދުވެސް ކުރަންޖެހޭނެ ކަމަށް މޫސާ ވަނީ ނަސޭހަތްތެރިވެފައެވެ. ކޮންމެ ކަމެއްވެސް ހާސިލް ކުރަން ބޭނުންވާ ނަމަ ދީނަށް ގާތްވާން ޖެހޭ ކަމަށް މޫސާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: