ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ އަމާޒަކީ ޑައޮގްނޯސްޓިކްގެ ޙިދުމަތްތައް އަތޮޅު ތެރޭގައި ޙަރުދަނާކުރުން: ނާޒިމް

ޝެއާރކޮށްލާ ކަހަލަދޯ؟

މިސަރުކާރުގެ އަމާޒަކީ ޑައޮގްނޯސްޓިކްގެ ޙިދުމަތްތައް އަތޮޅު ތެރޭގައި ޙަރުދަނާކުރުންކަމަށް ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ވުޒާރާތަކުން ތަންފީޒުކުރަމުންދާ ކަންކަމާ ގުޅޭ މައުލޫމާތު ”ތަރުޖަަމާނާއެކު“ ޕޮޑްކާސްޓުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ބަލިމީހާގެ ފަރުވާފެށޭ ހިސާބަކީ ރަނގަޅު ޑައޮގްނޯސްޓިކް ސިސްޓަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން ޑައޮގްނޯސްޓިކް ސިސްޓަމަށް ކުރެވޭ އިތުބާރަކީ ބަލިމީހާގެ ބޭސްފަރުވާއަށް ކުރެވޭ އެންމެ މުޙިންމު އިތުބާރުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޑައޮގްނޯސްޓިކްގެ ޙިދުމަތްތައް ކުރެވޭ އިތުބާރުނެތްނަމަަ ޑޮކްޓަރު ލިޔެދެއްވާ ޕްރިސްކްރިޕްޝަނަކަށް އެއްވެސް އިތުބާރެއް ނޯންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ނަތީޖާއަކަށްވަނީ ޑައޮގްނޯސްޓިކް ސިސްޓަމް ޙަރުދަނާނުކޮށް ސިއްޙީ ނިޒާމު ޙަރުދަނާ ނުކުުރެވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން މިސަރުކާރުން އެންމެ މުހިންމު އިސްކަމެއްދެއްވީ އަތޮޅުތެރޭގައި ހުރި ކުދި އާބާދީ ތަކުގައިވެސް ލެބޯރަޓަރީތައް ޤާއިމްކުރެއްވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން މިސަރުކާރުގެ ފުރަތަމަ އަމާޒަކަށްވީ “ ޕޮއިންޓް އޮފް ކެއާ“ ގެ އުސޫލުން ލެބޯރެޓަރީގެ ޙިދުމަތް ނުލިބިއޮތް 76 ރަށެއްގައި ބޭސިކް ހުރިހާ ޓެސްޓެއް ހެދޭނެ އިންތިޒާމް ޤާއިމްކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހަމައެހެންމެ މިސަރުކާން އެކަން ޙާސިލުކުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރު ނިމޭއިރު ދިވެރިރާއްޖޭގެ ހުރިހާ ރަށެއްގައި ފިސިކަލް ލެބޯރެޓަރީ ޤާއިމްކުރެވި ޓެސްޓުތައް ހެދޭނެ އިންތިޒާމުތައް ޤާއިމްވެގެން ދިއުންކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މި ސަރުކާރުން ސިއްހީ ނިޒާމު ތަރުތީބުކޮށްފައިވަނީ ފަށަލަތަކަކަށް ބަހާލަައިގެން ކޮންމެ ފަށަަލަައެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން ލިބޭނެ ހިދުމަތްތައް ކަނޑައަޅައި، އެތަންތަނުގައި އެ ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މައްޗަށެވެ. އެގޮތުން އާބަން ސެންޓަރުތަކުން ލިބޭނެ ހިދުމަތްތަކާއި ސަރަހައްދީ ހޮސްޕިޓާތަކުން ލިބޭނެ ހިދުމަތްތައް ސަރުކާރުން ކަނޑައަޅާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ ރައީސް ، އާބަން މަރުކަޒުތަކުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ހުރިހާ ރަށެއްގަައި ސީޓީ ސްކޭން ފަދަ ހިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް މި އަހަރު ތެރޭގައި ކުރެވިގެންދާނެއެވެ. އެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާއިރު، އެއަށްވުރެ މަތީ ފަންތީގެ ހިދުމަތެއް ކަމުގައިވާ އެމްއާރްއައި ސްކޭން ހެއްދުމުގެ ހިދުމަތް ހުރިހާ ސަރަހައްދީ ހޮސްޕިޓަލުތަކެއްގައި ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާކަން ނާޒިމް ފާހަގަކުރެއްވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވި ސަރުކާރު ވެރިކަމާ ހަވާލުވެ ސިއްހީ ދާއިރާގެ ސިޔާސަތު އެކުލަވައިލާ ތަންފީޒުކުރަން ބެލިއިރު، އުމްރާނީ ވަސީލަތްތައް ބާވެފައި ހުރުމާއި، އައު ހިދުމަތްތައް ތައާރަފުކުރަން ބޭނުންވާ ޖާގަ އެތަންތަނުގައި ނެތުމުގެ ދަތިކަން ވަރަށް ބޮޑަށް ފާހަގަކުރެވުނުކަމަށެވެ.  އެ މައްސަލަތައް ހައްލުކުރުމަށް މިނިސްޓްރީން ފަސް ބިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ އުމްރާނީ ތަރައްގީގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރ ނާޒިމް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: