ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ފިޝަރީޒް އެކްސްޕޯ 2019 ހުޅުއްވައިދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފިޝަރީޒް އެކްސްޕޯ 2019 ހުޅުއްވައިދެއްވައިފިއެވެ.

ފިޝަރީޒް އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު ރައީސް ޞާލިޙު ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ މަހުގެ އުފެއްދުންތަކާއި މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތަކާއި ބައެއް އީޖާދީ އުފެއްދުންތަކުގެ އިތުރުން ކުންފުނިތަކުން މަސްވެރިކަމުގެ ދާއިރާގައި ދެމުންގެންދާ ބައެއް ޚިދުމަތްތައް ބައްލަވާލައްވައި އެކްސްޕޯގެ ބައިވެރިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައެވެ.

ފިޝަރީޒް އެކްސްޕޯއަކީ ދިވެހިރާއްޖޭގެ 39 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން އިންތިޒާމްކޮށްގެން ހުޅުމާލޭ ހުރަވީ ސްކޫލުގައި މިމަހުގެ 6 ވަނަ ދުވަހުން 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދާ އެކްސްޕޯއެކެވެ.

މިއަހަރުގެ އެކްސްޕޯގައި 16 ކުންފުންޏަކުން ބައިވެރިވެފައިވާއިރު، މަހުގެ އުފެއްދުންތަކުގެ އިތުރުން އައިސްޕްލާންޓާއި ކޫލިންގ ސިސްޓަމްތަކާއި މެރިން އިންޖީނާއި މުވާސަލާތީ ބައެއް އާލާތްތައްވެސް މި އެކްސްޕޯގެ ސްޓޯލްތަކުގައި ދައްކާލަން ބަހައްޓާފައިވެއެވެ. މިއީ މި އެކްސްޕޯ ބާއްވާ 3 ވަނަ ފަހަރެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: