ބޭނުންފުޅުވަނީ ނަތީޖާއިން ވާހަކަދައްކަވަން ކަމަށާއި، ހުރިހާވެސް އެއްޗަކީ ވެވަޑައިގެން ވައުދުތަކުގެ ނަތީޖާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީން ބޭއްވި ހާއްސަ އެއްވުމެއްގައި ރައީސް ވިދާޅުވީ ކައުންސިލްތަކުގައި ތިބެންޖެހޭނީ ކައުންސިލްތަކުން ކުރާ މަސައްކަތް މަޑު ޖައްސާނެ ބަޔަކު ނޫން ކަމަށެވެ. ކައުންސިލްތަކަށް ވަރަށް ބޮޑު ދައުރެއް އޮންނަކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ މަޝްރޫއުތަކަށް ބިން ހަމަޖައްސާނީ ކައުންސިލުން ކަމަށާއި، އެހެންނަމަވެސް މިވަގުތުވެސް ކައުންސިލަށް އެކަން މަޑު ޖައްސާފައި ބޭއްވި ދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެކަން ކައުންސިލަކަށް މަޑުޖައްސާފައި އެތައް މަހެއް ވަންދެންވެސް ބޭއްވި ދާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެކަން ކުރުމުގެ ފުރުސަތު ނުދެއްވާ އެންމެން އެކުގައި މަސައްކުރެއްވުމަށް އެދިވަޑައިގެންފައެވެ.
ރައީސް ވަނީ ޕީއެންސީގެ މެމްބަރުން ތެދުވެރިކަމާއިއެކު މަސައްކަތް ކުރުމަށް އިސްތަމާޒް ކުރައްވާފައެވެ. އަދި އެކުވެރިކަމާއިއެކު ކެމްޕެއިން ކުރައްވާ، އެއް ރޫހެއްގައި، ގައުމީ ލޯބި އިސްކޮށްގެން މަސައްކަތް ކުރެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވީ ޕީއެންސީއަކީ ގައުމީ ފިކުރުގެ، ބައެއް ކަމަށާއި، އެހެންކަމުން ޕާޓީން މަސައްކަތް ކުރަންޖެހޭނީ އެހެން މީހުންނަށް ނަމޫނާ ދައްކައިގެން ކަމަށެވެ.

