ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން މިނިވަން ކޮށް 2023ގައި ރައީސްކަމަށް އިންތިޚާބު ކުރާނަން: މެންބަރު ފަޒޫލު

ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ކުރާހާވެސް ކަމަކީ ކަޑަ ޖެހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު ފަޒޫލު ރަޝީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް ޕީއެންސީގެ ފަރާތުން ކާނިވާ ސަރަޙައްދުގައި ބާއްވަމުންދާ ޖަލްސާގައި ފަޒޫލު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މި ސަރުކާރުން ކުރާ އެއްވެސް ކަމެއް ނެތްކަމަށާއި، ކުރާހާވެސް ކަމަކީ ރައްޔިތުންނަށް ދަޅަދެއްކުމުގެ ގޮތުން، ކަޑަ ޖެހުންކަމަށްވެސް ފަޒޫލު ވިދާޅުވިއެވެ.

ފަޒޫލު ވިދާޅުވީ، މި ސަރުކަރުން ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި ފެށީ ހުކުރު މިސްކިތުގެ މުންނާރު ސާފު ކުރުންކަމަށެވެ. އަދި އެ ބިޔަ ޕްރޮޖެކްޓް ފައްޓަވައިދެއްވީ ރައީސް ޞާލިހު ކަމަށެވެ.

ފަޒޫލު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ޖީބަށް ލުއި ވުންކަމަށާއި، ޖީބަށް ފައިސާ އިތުރުވާނެ ގޮތެއްކަމަށެވެ. ރައްޔިތުން ބޭނުންވަނީ ތަރައްޤި ކަމަށާއި، އަދި އިސްލާމް ދީން މި ރާއްޖޭގައި ދަމަހައްޓާ ކުރިއެރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށްކަމަށްވެސް ފަޒޫލު ވިދާޅުވިއެވެ،

ފަޒޫލު ވިދާޅުވީ، އެ ބޭފުޅުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ، ރައީސް ޔާމީން މިނިވަންކޮށް 2023ގެ ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބުކޮށްދިނުމަށްފަހު ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: