ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ގައުމުގައި މިހާރު ސިޔާސީ ހައްޔަރީންނާއި، ސިޔާސީ ކުށްވެރިން ނުތިބޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ގައުމުގައި މިހާރު ސިޔާސީ ކުށްވެރިން ނުތިބޭނެކަމަސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ޕީއެންސީއިން ކުރިޔަށްގެންދާ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ޕާޓީން އިއްޔެ ހަވީރު ބޭއްވި ސައިފޮދު އެއްވުމުގައެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު އޮތީ ރައްޔިތުންނާއި އެކީގައި ކަމަށާއި، އަދި މި ސަރުކާރު ކުރިއަށްދާނީ ރައްޔިތުންނާއި ރައްޔިތުންގެ މުއައްސަސާތަކާއި ގާތުން ކަމަށެވެ.

އެ މަނިކުފާނުގެ ހުރިހާ ވައުދެއް މިއަދު ދަނީ އެކި މަރުހަލާތަކުގައި ވަރަށް ބާރު ދުވެލީގައި ކުރިއަށްކަމަށާއި، އެހެންކަމުން ކައުންސިލްތަކަށް ވައްދަންވާނީ އެ ކަންކަމުގައި ހިފާ، އެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށްޓަކައި ބާރުއަޅައިދޭނެ އަދި ކަންކަންވުމަށް މަގުފަހިކޮށްދޭނެ ބައެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އޭގެ ބަދަލުގައި ކައުންސިލަށް މިއަދު ބޭނުންވަނީ ކުރިއެރުންތަކަށް ހުރަސްއެޅުމާއި، އެކި ކަހަލަ އުޒުރުތައް ދައްކައިގެން މަޝްރޫއުތައް ހުއްޓުވާ، ތަރައްގީ މަޑުޖެއްސުމާއިއެކު މުޖުތަމައުގައި ހަމަނުޖެހުން އުފައްދާނެ ބަޔަކު ނޫންކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް މިހާރު ވަނީ ހަމަޖެހުން ގެނެވިފައި ކަމަށާއި، މި ގައުމުގައި މިހާރު ސިޔާސީ ކުށްވެރިން ނުތިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން، އެއްވެ އުޅުމުގެ ފުރުސަތުތަކާއި އެހެނިހެން ހަމަޖެހުންތައް ވެސް ކުރިއަށްވުރެ ވަރުގަދަ ވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިހާވަރަށް ކަންކަން ހަމަޖެހިފައި އޮތް ހާލަތެއްގައި ރަށްތަކާއި ސިޓީތަކުގައި ސަކަރާތްޖެހުމަށާއި، ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތައް މަޑުޖެއްސުމަށް ޖާގަދޭނެ ބަޔަކު އައުމަކީ އެއްވެސް ރައްޔިތެއް ބޭނުންވާނެ ކަމެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރު އޮތީ ރައްޔިތުންނާއި އެކު ކަމަށާއި، އެހެންކަމުން މި އަންނަ ލޯކަލް އިންތިހާބުގައި ހުރިހާ ބޭފުޅުންވެސް ސަރުކާރުގެ ފަރާތުން ކުރިމަތިލާފައި ތިބި ކެނޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައީސް އެދިވަޑައިގެންފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: