ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުދަ ދުވަހު އައްޑޫސިޓީ ކެތު ލެބުގެ ޚިދުމަތް ފަށަނީ، ހިންގާނީ އައިޖީއެމްއެޗުން!

އޭޑީކޭގެ ކެތު ލެބްގައި އޮޕަރޭޝަނެއް ކުރުމަށްކުރުމަށް ޑޮކްޓަރުން ހަރަކާތްތެރިވަނީ/ ފޮޓޯ: އޭޑީކޭ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫސިޓީ ހިތަދޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ގާއިމްކުރި ކެތު ލެބު ހިންގާނީ އައިޖީއެމްއެޗާއި ގުޅިގެން ކަމަށް ނިންމައިފިއެވެ.

މިދިޔަ އަހަރު އޮކްޓޯބަރުމަހު ހިދުމަތް ފަށަން މަސައްކަތްކުރި ހިތަދޫ ކެތު ލެބު، އެންމެ ފުރަތަމަ ހިންގަން މަސައްކަތްކޮށްފައިވަނީ އައުޓްސޯސް ކޮށްގެނެވެ. މިކަން ކުރުމަށް މިދިޔަ އަހަރުގެ ޖޫން މަހު އިއުލާންކޮށްފައިވާއިރު، ރާއްޖެއާއި ރާއްޖޭން ބޭރުގެ 7 ފަރާތަކުން  ކުރިމަތިލާފައި ވެއެވެ.

ނަމަވެސް މި ފުރުސަތު ވަނީ ފައިނަލް ޕްރޮޮޕޯޒަލްއެއް ހުށައަޅަން ދިން މުއްދަތުގައި ހުށަނޭޅުމުގެ ސަބަބުން ކެންސަލް ވެފައެވެ.

މިކަމުގެ ސަބަބުން މުޅިން އައު މޮޑެލްއަކަށް މި ކެތުލެބު ހިންގުމުގެ މަޝްވަރާ ކުރަމުން އަންނަ ކަމަށް ސީއީއޯ ޑރ. އިބްރާހިމް ޔާސިރު ނިމިދިޔަ މަހު ވަނީ ވިދާޅުވެފައެވެ.

އަދި މީގެ އިތުރުން ޔާސިރު ވިދާޅުވެފައިވާ ގޮތުގައި މި ލެބުން ހިތުގެ ބަލިތަކަށް އެންޖިއޯގްރަފީ، އިންވޭސިވް އަދި ނޮން އިންވޭސިވް ޕްރޮސީޖާތައް ހެދޭނެ ކަމަށެވެ.

އައްޑޫގައި މި ލެބު ގާއިމްކުރީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އޭގެ ފަހުން އެ ތަން ބޭނުންކުރެވެން އެ ފަށަނީ ދޮޅު އަހަަރު ފަހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: