ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ 3 ވަނަ ފިޔަވަހި އެއްކޮށް ހިއްކާ ނިމިއްޖެ: ރައީސް

ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ފިޔަވަހި 3 ގެ ގޮތުގައި ހިއްކަން ހަމަޖެހިފައިވާ 63 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ފަރާތުން ބޭއްވި ޚާއްޞަ ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު މުޅިން ނިމިފައިވާ ކަމަށެވެ.

މާލޭގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ފަށާފައިވާ ބިންވެރިޔާ ސްކީމުގެ ދަށުން ހިއްކަން ފަށާފައިވާ ސަރަހައްދު ހިއްކަން ފެށީީ، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. މި މަޝްރޫއަކީ 3 މަރުޙަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. އެގޮތުން، ފުރަތަމަ ދެ މަރުޙަލާގެ ބިން ހިއްކުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ، ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާއެވެ.

އޭގެ ފަހުން މި މަޝްރޫއަށް މަޑުޖެހުން އަންނަން ފެށުމުން މި ކަން ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ޙަވާލުކޮށްފައެވެ. އޭގެ ފަހުން މި މަސައްކަތް އަލުން ފަށާފައިވަނީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

މި މަސައްކަތް އިތުރަށް ހަލުވިކުރުމަށް އިތުރު ޑްރެޖަރެއް ގެނަސްފައިވާއިރު، މިއީ 22000  ކިއުބިކް މީޓަރުގެ ވެލި އެއްފަހަރާ ނެގޭވަރުގެ ބޮޑު ޑްރެޖަރެކެވެ.

ރައީސް ވިދާޅުވި ގޮތުގައި، ނިމިދިޔަ ސަރުކާރުން ކަނޑު ފަޅުތަކުން ދޫކޮށްފައިވާ ގޯތިތައް ހިއްކައި ނިންމައި، އެ ތަންތަން ޙަވާލުކުރުމުގެ މަސައްކަތް މި ސަރުކާރުން ވަރަށް ހަލުވި މިނެއްގައި ކުރިއަށް ގެންދާކަމަށެވެ.

”ހުޅުމާލޭގެ ތިން ވަނަ ފިޔަވަހި އޮތީ ހިއްކާ ނިމިފައި މިހާރު، ގިރާވަރުފަޅު، ގުޅީފަޅުން ގޯތިތައް ދީ ނިމި ގޯތިތައް ހަވާލު ކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާނެ، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވެ، ދެ ޑެރަޖަރު އޮތީ އެތަނުގެ ކައިރީގައި،“ ރައީސް ވިދާޅުވިއެވެ.

މިގޮތުން ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކައި ނިމިފައިވާއިރު، ގިރާވަރުފަޅާއި ގުޅީފަޅުން ގޯތިތައް ދީ ނިންމައި، ލިޔުންތައް ޙަވާލުކުރުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އުުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތުގެ ތައްޔާރީތައްވެސް މިހާރު ވަމުން އަންނަކަމަށާއި ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ

އަދި މީގެ އިތުރުން ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު އެސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި މިހާރުވަނީ ގުރުއަތުލުން ބާއްވާފައެވެ.  އަދި އެސަރަޙައްދުން 7 ސައިޒެއްގެ ބިން ދިނުމަށްވަނީ ހަމަޖެހިފައި ވާއިރު އޭގެތެރޭގައި ޖުމްލަ 698 ގޯތި ދޫކުރާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: