ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްދަޅު ކޭސްތައް ދޫކުރަން އީ-ފާސް، ލައިސަންސް ކާޑު އަދި ޕާސްޕޯޓްވެސް ބަލައިގަންނާނެ!

މާލޭ ސަރަގހައްދުގައި މަސްދަޅު ކޭސް ބަހަން ފެށުން: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާން މަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް ދޫކުރުމުގައި އައިޑީ ކާޑުގެ އިތުރުން އީ-ފާހާއި، ޑްރައިވިންގ ލައިސަންސްގެ އިތުރުން ޕާސްޕޯޓް ވެސް ބަލައިގަންނަ ގޮތަށް ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް މިނިސްޓްރީއާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ފެށީ ރޭ 8:30 ގައެވެ. ރޭ 11:00 އާ ހަމައަށް ގްރެޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި އަދި ހުޅުމާލެ) ގައި ގާއިމްކޮށްފައިވާ މަރުކަޒުތަކުން 4،196 މަސްދަޅު ކޭސް މިހާތަނަށް ދޫކޮށްފައިވެއެވެ.

މީގެ ތެރެއިން އެންމެ ގިނައިން މަސްދަޅު ކޭސްތައް ދޫކޮށްފައި ވަނީ ގަލޮޅު ދަނޑުގައި ގާއިމްކޮށްފައިވާ މަރުކަޒުތަކުންނެވެ. އެއީ 783 މަސްދަޅު ކޭހެވެ. ގަލޮޅު ދަނޑުގައި 4 ތަނަކުން މަސްދަޅު ކޭސް ދޫކުރަމުންދެއެވެ.

ރޯދަ ހަދިޔާ ދޫކުރުމާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ އީ-ފާސް، އަދި އައިޑީކާޑާއި، ޕާސްޕޯޓު އަދި ޑްރައިވިން ލައިސަންސަށް ރޯދަ ހަދިޔާ ދޫކުރާނެ ކަމަށެވެ.

މިނިސްޓަރ ވަނީ ރޯދަ ހަދިޔާ ބެހުމުގެ ޚިދުމަތުގައި އުޅުއްވާ ހުރިހާ ބޭފުޅުންނަށާއި އާންމުންގެ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރޯދަ ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތައް

މާލެ

  • މިފްކޯ މަރުކަޒު
  • ސޯޝަލް ސެންޓަރު
  • އެމްޓީސީސީ ސޯމިލު
  • ހެންވޭރު ދަނޑު
  • ގަލޮޅުދަނޑު: ގޭޓް 2 (ސްޓޭޝަން 3 އަދި 4)، ގޭޓް 3 (ސްޓޭޝަން 1 އަދި 2)

ހުޅުމާލެ ފޭސް – 1

  • ޢުމަރު ޒާހިރު ބިލްޑިންގ
  • ޕޮލްކޯ ޓަވަރ
  • މުޙައްމަދު ޤާސިމް ޕްރީސްކޫލް

ހުޅުމާލެ ފޭސް – 2

  • ކާމިލުދީދީ ސްކޫލު
  • ހިޔާޓަވަރު 10
  • އެމްޕީއެލް ޓަވަރު – ޕީ ( ގްރައުންްޑް ފްލޯރ)

ރޯދަ ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި، ގަޑިތައް:

ރޯދާ ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވަނީ 2026 ޖެނުއަރީ 24 އިން 2026 ފެބްރުއަރީ 11 އަށެވެ.

ރޯދަ ހަދިޔާ ދޫކުރާނީ ހުކުރު ދުވަހުގެރޭ ފިޔަވާ ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ.

ޝަކުވާ ހުށަހެޅުން

ރޯދަ ހަދިޔާ ލިބިގަތުމުގައި މައްސަލައެއް ދިމާވެގެން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވެލައްވާ ނަމަ، ޓެލެގްރާމް މެދުވެރިކޮށް މެސެޖަކުން ހުށަހެޅުއްވޭނެއެވެ.

މި ކަމަށް ޚާއްޞަ ކުރެވިފައިވާ ނަންބަރަކީ 7741446 އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: