ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އައުމަށް ވޯކް ޕާމިޓް ހޯދައިދޭނެކަމަށް ފައިސާ އަތުލައި، މަނީ ލޯންޑަރ ކުރި ބިދޭސީންތަކެއް ހައްޔަރަށް!

އޮޅުވާލައިގެން ފައިސާ ހޯދަމުން އަންނަ ބިދޭސީންތަކެއް ހައްޔަރު ކުރުން/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް ވޯކް ޕާމިޓް ދޭނެކަމަށް ބުނެ އޮޅުވާލައިގެން، ގޮނަ އަދަދެއްގެ ބިދޭސީންތަކެއްގެ އަތުން ފައިސާ އަތުލައި މަނީ ލޯންޑަރ ކުރަމުން ދިޔަކަމުގެ ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި މި މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހެއްގެ ތެރޭގައި ތިން ފަހަރެއްގެ މަތީން ހައްޔަރު ކުރަމުން ގޮސް އެވެ.

ފުލުހުން ބުނީ ހައްޔަޔަރު ކުރި ހަ މީހުންނަކީ ވެސް ބަންގްލަދޭޝަށް ނިސްބަތްވާ މީހުން ކަމަށެވެ.

މައްސަލައިގައި ހައްޔަރު ކުރީ:

  1.  މުޙައްމަދު އިމޮން ކަޒި (30 އ) – ހައްޔަރުކުރީ މިދިޔަ މަހުގެ 22 ގައި
  2. ކަޒި ރައިހާން (22 އ) – ހައްޔަރުކުރީ މިދިޔަ މަހުގެ 22 ގައި
  3. މުޙައްމަދު ޔޫސުފް ޕްރޮދަން (30 އ) – ހައްޔަރުކުރީ މިދިޔަ މަހުގެ 22 ގައި
  4. އަފްޖަލް ހޮސައިން (31 އ) – ހައްޔަރުކުރީ މިދިޔަ މަހުގެ 23 ގައި
  5. ހަބީބުއްރަހްމާން (35 އ) – ހައްޔަރުކުރީ މިދިޔަ މަހުގެ 23 ގައި
  6. މުހައްމަދު ހަނީފް ބަޕަރީ (46 އ) – ހައްޔަރުކުރީ މިދިޔަ މަހުގެ 30 ގައި

ފުލުހުން ބުނި ގޮތުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން މުހައްމަދު އިމޮންގެ ބަންދަށް ކޯޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު 10 ދުވަސް ޖަހައިދީފަ އެވެ. އަދި މައްސަލައިގައި ބާކީ ތިބި މީހުންގެ ބަންދަށް ކޯޓުން ދީފައި ވަނީ 15 ދުވަހެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް އިތުރުވެފައިވާއިރު، ރާއްޖޭގައި މަސައްކަތް ކުރުމަށް ގެންނާނެކަމަށް ބުނެ އޮޅުވާލައިގެން ބޮޑެތި އަދަދުތަކުން ފައިސާ އަތުލައިގެން ވެސް ބިދޭސީން ގެނެ އެވެ. މިފަދަ ކުށްތަކުގައި ބިދޭސީންނާއި އެކު ދިވެހިން ވެސް ޝާމިލުވާކަމުގެ ތުހުމަތު ކުރެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: