ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖެނުއަރީ 6ގެ ކުރިން ރައީސް ޔާމީން ގެޔަށް ބަދަލުކޮށްފަ ރައީސް ޞާލިހަށް ދައްކާނަން: ޝިޔާމު

ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރުގެ ޖަނަވަރީ 6ވަނަ ދުވަހުގެ ކުރިން ކުރީގެ ރައީސް ޢަބްދުﷲ ޔާމީނު ޢަބްދުލްޤައްޔޫމު ގެއަށް ބަދަލުކުރައްވާނެކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

“އަނިޔާވެރި ހުކުމާއި ދެކޮޅަށް” ނަމުގައި އިދިކޮޅު ފަރާތްތައް ބޭއްވި ޖަލްސާގައި ވާހަކަ ދަައްކަވަމުން ޝިޔާމު ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީޢަތާއި، ތަހުޤީގުވެސް ހިންގާފައިވަނީ ގޯހުން ގޯހަށް ކަމަށެވެ. ރައީސް ޔާމީންގެ ތަހުގީގަކީ ސީދާ ރައީސް ޞާލިހުގެ އޯޑަރަށް ހިންގާފައިވާ ބޮޑު ޖަރީމާއެއްކަމަށައި، އެކަން ކޮށްފައިވަނީ ޤާނޫނުތަކާއި ޚިލާފަށް ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވިއިރު އެމަނިކުފާނުގެ ދިފާއީ ވަކީލުން ޝަރީޢަތުގައި ދެއްކެވި އެއްވެސް ވާހަކައަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށެވެ. އެހެންކަމުން އެއީ ކިހިނެއް ކޮންތާކުން އައި ހުކުމެއްތޯ ޝިޔާމު ވަނީ ސުވާލުކޮށްފައެވެ. އަދި އެއީ ބޭރު ޤައުމަކުން ފޮނުވި ހުކުމެއްތޯ ބުނެ ޝިޔާމު ސުވާލުކުރެއްވިއެވެ.

“މ ި ސަރުކާރު އިސްވެ އޮވެ، އިބްރާޙިމް މުޙައްމަދު ޞާލިހު އެންމެ އަޑިގައި ހުރެ، ޙަމީދަށް، އެމްޑީއެން ހަމީދަށް، އަންގައިގެން ހިންގުނު ތަހުގީގަކީ އެއީ، ޤާނޫނު އަސާސީއާއި ޚިލާފަށް ޤާނޫނުތަކާއި ޚިލާފަށް ހިންގުނު ތަހުގީގެއް.

ޝިޔާމު ވިދާޅުވީ މިއަދު ރައީސް ޔާމީން އެބޭފުޅުންނާއެކުގައި ނެތުމުން ހިތްދަތިވާކަމަށެވެ. އެބޭފުޅުންގެ ހަރަކާތްތަކުގެ ކުރީ ސަފުގައި ރައީސް ޔާމީނު ނެތުމުން ރައްޔިތުންގެ ހިތްތަކަށް އުދަގޫވާ ކަމުގައެވެ. ނަމަވެސް ރައީސް ޔާމީން މިނިވަން ކުރުމަށް އެ ބޭފުޅުން ކުރަމުން ދާ މަސައްކަތް ހުއްޓާނުލައްވާނެކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ. އަދި ރައީސް ޔާމީނަށް ތާޢީދުކުރާ ހުރިހާ ރައްޔިތުން ޖަލަށް ލިޔަސް އެ ފިކުރެއް ޖަލަށް ނުލެވޭނެ ކަމަށެވެ.

“އަޅުގަނޑުމެން ދެރަވޭ ތަރައްޤީގެ ބާނީ، މި ގޮޑީގައި އެމަނިކުފާނު އިންނަވަން ޖެހޭނީ. މި ގޮޑީގަ އެމަނިކުފާނު އިންނަވަން ޖެހިވަޑައިގަންނަވާނީ. އަޅުގަނޑުމެން ހިތޔަށް އުދަގޫވޭ، ދިވެހި ލޮބުވެތި ރައްޔިތުންގެ ހިތްތަކަށް އުދަގޫވެ، އެމަނިކުފާނު މިއަދު ޖަލުގައި ދުވަސްތައް ހޭދަކުރައްވަން ޖެހިވަޑައިގަންނަވާތީ.”

ޝިޔާމު ވަނީ ޕާޓީގެ ސަޕޯޓަރުންނަށް ގޮވާލާ ކޮންމެ ގަޑިއެއްގައިވެސް ނިކުމެ އަޑު އުފުލައި ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އެ ބޭފުޅުންގެ ހިތްވަރާއެކު ރައީސް ޔާމީން މިނިވަންކޮށް ރައީސް ޞާލިހަށް އެކަން ދައްކަވާނެ ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: