ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުން 12 އަހަރުގެ ޖަލު ހުކުމެއް

ކްރިމިނަލް ކޯޓް: ފޮޓޯ/ ދިޔަރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތި ޓްރެފިކް ކުރާކަމަށް އެއްބަސްވެ، ދައުލަތާއި އެކު އެއްބަސްވުމެއް ހެދުމުން 12 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ އަދަބަކީ 25 އަހަރުގެ ޖަލު ހުކުމެވެ.

މައްސަލައިގައި އެ މީހެއްގެ މައްޗަށް ލުއި އަދަބެއް އަންނާނީ، ކުށަށް އިއުތިރާފުވެ ދައުލަތާއި އެކު އެކުލަވާލާ ކުށުގެ އިއުތިރާފު އެއްބަސްވުމުގެ ދަށުންނެވެ.

މަސްތުވާތަކެތީގެ މި މައްސަލައަކީ، 2020 ވަނަ އަހަރު ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައެކެވެ. އެގޮތުން ހ. ފނިފެންމާގެ، އިބްރާހިމް ޒިހުނީ ދިރިއުޅޭ ގެއިން މަސްތުވާތަކެތި ފެނުނު މައްސަލައިގައި އޭނާ ވަނީ ޝަރީއަތުގައި ދައުވާއަށް އިއުތިރާފުވެފަ އެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލީ، ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.

ދައުލަތާއި އެކު ހެދި އިއުތިރާފުގެ އެއްބަސްވުމަށް ފަހު އިއްވީ 12 އަހަރާއި، ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. އަދި 50،000 ރުފިޔާއިން ވަނީ ޖުރިމަނާކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: