އުރީދޫއިން 2026 ވަނަ އަހަރަށް ހާއްސަ ކުރި ކަލަންޑަރު އެކި ރަހަތަކުގެ ސައިފަތާއި އެކު ލޯންޗުކޮށްފި އެވެ.
”ޓީ ވިތް އުރީދޫ“ ތީމަށް ހާއްސަކޮށްފައިވާ ކަލަންޑަރު އުރީދޫއިން ލޯންޗު ކުރީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ، އުރީދޫގެ ކޮންމެ އަހަރެއްގެ ވެސް ކަލަންޑަރު ހާއްސަ ކުރަނީ ދިވެހިންގެ އާދަކާދައާއި ސަގާފަތަށް ކަމަށެވެ.
މި އަހަރުގެ ކަލަންޑަރު ހާއްސަވާ އެންމެ ބޮޑު އެއް ސަބަބަކެއްކަމަށް، ހާލިދު ވިދާޅުވީ ސައި ބުއިން ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭތީ އެވެ. އަދި ކޮންމެ މަހެއްގެ ވެސް ވެސް ކަލަންޑަރު ހާއްސަކޮށްފައި ވަނީ، ސައިގެ ތަފާތު ރަހައަކަށެވެ. އުރީދޫއިން ބުނީ ކަލަންޑަރުގައި ކޮންމެ މަހަކު ވެސް ތަފާތު ސައިގެ ބާވަތްތައް ހިމެނޭނެކަމަށާއި އަދި ކަލަންޑު ގެނެސްދިނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލިބެން ހުންނަ މޭވާއާއި، މާމެލާމެލި ރަހަތައް ކަމަށެވެ.
އުރީދޫގެ ކަލަންޑަރުގައި ހިމަނާފައިވާ ފޮށީގައި އެކި ރަހަތައް އެކުލެވޭ ސައިފަތް ވަނީ ހިމަނާފަ އެވެ. އޭގައި ހިމެނެނީ ސައި ތައްޔާރު ކުރުމަށް ބޭނުން ކުރާ ހާބްއެއް ނުވަތަ މަލަކަށެވެ. އަދި ކޮންމެ މަހަކަށް ވެސް ހާއްސަކޮށްފައިވާ ސައިފަތުގައި އެ އެޗެއް އިންފިއުޒް ކުރި ރަހަތައް ހިމެނޭ މައުލޫމާތު ހުންނާނެ އެވެ. އަދި އެ އެޗެއްގެ ނަން ތަފްސީލުކޮށްފައި ވެއެވެ.
އުރީދޫއިން މި އަހަރަށް ތިން ކަލަންޑަރެއް ތައާރަފު ކުރި އެވެ. އެއީ ޑެސްކް ކަލަންޑަރ އާއި، ފާރުގައި އަޅުވާ ކަލަންޑަރުގެ އިތުރުން ޑިޖިޓަލް ކަލަންޑަރ އެވެ.
މީގެއިތުރުން ދިވެހި ރަހަތަށް ހިމެނޭ ހާއްސަ ގްރީންޓީ ބްލެންޑެއްގެ ކޭކެއް ޑެސްކް ކަލަންޑަރުގައި ވަނީ ހިމަނާފަ އެވެ. މި ޓީ ކޭކުތައް އުފައްދާފައި ވަނީ ގިނަ ދުވަސް ވަންދެން ބޭނުން ކުރެވޭ ގޮތަށެވެ.

