ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައި ނައިބުރައީސް ތަހުނިޔާ ވިދާޅުވެއްޖެ

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ)
ޝެއާރކޮށްލާ ކަހަލަދޯ؟

އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަހުނިޔާ ފޮނުއްވައިފިއެވެ.

އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ނައިބު ރައީސް ވަނީ، އޮސްޓްރޭލިއާއަށް އިތުރު ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެން، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ލާބައާއި މަންފާއަށްޓަކައި ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮތް ގާތް އެއްބާރުލުން ދެމެހެއްޓުމަށް އުންމީދުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއަކީ ޒަމާންވީ ޚާރިޖީ ގުޅުމެއް އޮންނަ ދެ ޤައުމެވެ. އަދި ތަޢުލީމީ ދާއިރާއާއި، ތަރައްޤީގެ އެހީތެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން ސަރަޙައްދީ ކަންކަމުގައި ދެ ޤައުމުން އަންނަނީ ގުޅިގެން މަސައްކަތްކުރަމުންނެވެ.

އޮސްޓްރޭލިއާ ދުވަހަކީ 1788 ވަނަ އަހަރު އެ ޤައުމަށް ”ފަސްޓް ފްލީޓް“ ބަނދަރުކުރި ދުވަހުގެ ހަނދާން އާކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު މުޅި އޮސްޓްރޭލިއާގައި ކުލަގަދަކޮށް ފާހަގަކުރާ ޤައުމީ ދުވަހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: