ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2028 އަންނައިރު، ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަޤްވާމީ ސާފު ހަކަތައިގެ ދުވަހުގެ މުނާސަބަތުގައި، ޤައުމީ ތަރައްޤީއާއި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ސާފު ހަކަތައިގެ މުހިންމު ދައުރެއް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ.

މި ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ހަކަތައިގެ ރައްކާތެރިކަމަކީ ޤައުމުގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށެވެ. އަދި ސާފު ހަކަތައަކީ ހަމައެކަނި މޫސުމީ ބަދަލުތަކަށް އޮތް ހައްލެއް ނޫން ކަމަށާއި، އޭގެ ސަބަބުން ތަޢުލީމީ އަދި ޞިއްޙީ ދާއިރާއަށް ކުރިއެރުން ލިބި، އިޤްތިޞާދީ ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ނާޒުކު ތިމާވެށީގެ ޙާލަތަށް ރިޢާޔަތްކޮށް، ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށާއި އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ފުޅާކުރުމަށް މި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. މި މަސައްކަތްތަކަކީ 2028 ވަނަ އަހަރު އަންނައިރު، ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާޞިލުވުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްޤީއަށް ސަރުކާރުން ދޭ ސަމާލުކަން ތަކުރާރުކުރައްވަމުން، ސާފު ހަކަތައަށް ބަދަލުވުމުގެ މަސައްކަތް އަވަސްކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލެއްވިއެވެ. މީގެއިތުރުން، އަންނަން އޮތް ޖީލުތަކަށްޓަކައި ދުނިޔެ ސަލާމަތްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްވެސް އެމަނިކުފާނު އެދިވަޑައިގަތެވެ.

ބައިނަލްއަޤްވާމީ ސާފު ހަކަތައިގެ ދުވަސް ކޮންމެ އަހަރުވެސް ފާހަގަކުރަނީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތަކުގަ އާއި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމުގައި ސާފު ހަކަތައިގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: