ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮސްޓްރޭލިއާއަކީ ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކުގައި މުހިންމު ބައިވެރިއެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު.
ޝެއާރކޮށްލާ ކަހަލަދޯ؟

އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިއެވެ.

އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ގަވަރުނަރ ޖެނެރަލް ހަރ އެކްސެލެންސީ ދަ އޮނަރަބަލް ސޭމް މޮސްޓިން އޭ.ސީ އަށާއި، ބޮޑުވަޒީރު ދަ އޮނަރަބަލް އެންތަނީ އެލްބަނީޒީ އަށް، އަދި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިޚްލާޞްތެރި ތަހުނިޔާއެއް ފޮނުއްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. އަދި އޮސްޓްރޭލިއާއަކީ ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކުގައި މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، އެ ޤައުމުގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި، ފާގަތިކަމާއި ކާމިޔާބީއަށް އެދިވަޑައިގަތެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖުގައި، އޮސްޓްރޭލިއާއާއެކު އޮތް ދޭދޭ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތު ހާމަކުރެއްވިއެވެ. ޚާއްޞަކޮށް ތަރައްޤީގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް މަސައްކަތްކުރުމާއި، ތަޢުލީމީ ދާއިރާއާއި ސަރަޙައްދީ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އޮސްޓްރޭލިއާއިން އަންނަނީ ރާއްޖޭގެ ވަސީލަތްތައް ތަރައްޤީކުރުމަށާއި، އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ބައިނަލްއަޤްވާމީ މައިދާނުގައިވެސް ރާއްޖެއާއި ގާތުން މަސައްކަތް ކުރަމުންނެވެ.

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1974 ވަނަ އަހަރުއެވެ. އޭގެ ފަހުން ދެ ޤައުމުގެ ދެމެދުގައި އޮންނަނީ އެކުވެރި އަދި ބިނާކުރުވަނިވި ގުޅުމެކެވެ. ދެމެހެއްޓެނިވި ތަރައްޤީއާއި މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުން ފަދަ ދެ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އަންނަނީ ގުޅުންތައް އިތުރަށް ފުޅާކުރަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: