ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުން ތާއިދު އެބައޮތް: ފަލާހު

ޝެއާރކޮށްލާ ކަހަލަދޯ؟

ދެ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުން ތާއިދު ކުރާ ކަމަށާއި، މިއީ މުހިންމު ބަދަލެއް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

މާފަންނު ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ފަލާހު ވިދާޅުވީ ކެންޑިޑޭޓުންނަށް ރައީސް ދެއްވާ ނަސޭހަތަކީ އަހުލާގީގިތުން ގެންގުޅެންޖެހޭ ވަކި މިންގަނޑެއް ގެންގުޅެން ޖެހޭ ކަމަށާއި އަދި ރައްޔިތުންނާއި ބައްދަލުކުރައްވާ، ރައްޔިތުންގެ ހާލު ބެއްލެވުމަށް ފަހު ރައްޔިތުންނަށް ބޭނުންވާ ކަންކަމަށް އިސްކަން ދިނުން ކަމަށެވެ.

ފަލާހު ވިދާޅުވީ ޒަމާނުއްސުރެ ހައްލުނުކުރެވިފައި ހުރި، ނުވަތަ ހައްލުކުރަން ވެރިންނަށް ނުކެރު ހުރި މައްސަލަތައް ހައްލު ކޮށްދެއްވަމުން ގެންދަވަނީ ރައީސް މުއިއްޒު ކަމަށެވެ. އިޖުތިމާއީ ބޮޑެލި މައްސަލަތަކަށް މި ސަރުކާރުން ހައްލު ގެންނަ ކަމަށާއި އެގޮތުން އެފަދަ ކަންކަމުގެ ތެރޭގައި ވޭޕުގެ މައްސަލަ ހިމެނޭ ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ އެކި ފަރާތްތަކުގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަން ކުރަން ނުކެރުނު ނަމަވެސް، މިސަރުކާރުން ގޯސް ކަންކަން މަނާ ކުރާނެ ކަމަށެވެ. އެގޮތުން ވޭޕް މަނާ ކުުރުމާއެިކއެު ކުޑަކުދިންގެ މުސްތަގުބަލު ސަލާމަތް ވުމަށް މުހިންމު ފިޔަވަޅެއް އެލޫނު ކަމަށް ފާޙަގަކުރެއްވިއެވެ. މީގެއިތުރަށް އިސްރާއީލުގެ ޕާސްޕޯޓު މަނާ ކުރުމަކީ ބޮޑު ނިންމުމެއް ކަމަށް ފަލާހު ފާހަގަކުރެްވިއެވެ.

ފަލާހު ވިދާޅުވީ ރައީސް ގެންދަވަނީ މުހިންމު މައްސަލަތަކަށް ހައްލުތަކެއް ގެންނަވަމުން ކަމަށެވެ. ފަލާހު ވިދާޅުވީ މިހާރުވެސް މުހިންމު އިސްލާހެއް ގާނޫނުއަސާސީއަށް ހުށައެޅިފައިވާ ކަމަށެވެ. ފަލާހު ވިދާޅުވީ މިއީ ރައްޔިތުން ތާއިދު ކުރާ ކަމެއް ކަމަށާއި، އަދި މިއީ ބަޖެޓަށް ވަރަށް ބޮޑު ލުޔއް ލިބި، އަދި އިތުރު ގައުމުތަކުގައިވެސް މިއީ ކަން ކުރާ ގޮތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: