ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބުގައި ސިޓީތަކަށް ގޮނޑިތައް ބަހާފައިވާ ގޮތް އާންމުކޮށްފި

މިދިޔަ އަހަރު ޞޭއްވި ކައުންސިލް އިންތިހާބު - ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކަައުންސިލް އިންތިހާބުގައި ސިޓީ ތަކުގެ ގޮނޑިތައް ބަހާފައިވާ ގޮތް އާންްމުކޮށްފިއެވެ.

އިލެކްޝަންސްކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުން ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި އަންހެނުންނަށް ހާއްސަ ކުރުމުން މާލޭ ސިޓީ ކައުންސިލްގައި އަންހެނުންނަށް ހާއްސަ ހަ ގޮނޑި ހިމެނެ އެވެ. އައްޑޫ ސިޓީ ކައުންސިލުން އަންހެނުންނަށް ހަތަރު ގޮނޑި ކާއްސަކުރާއިރު ފުވައްމުލަކު ސިޓީ ކައުންސިލުން އަންހެނުންނަށް ދެ ގޮނޑި ހާއްސަ ވާނެ އެވެ.

ޝަރީފް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު މާލޭސިޓީ 18 ދާއިރާ އަށް ބެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ އިން މޭޔަރާއެކު 19 ގޮނޑި އަށް މީހުން އިންތިހާބު ކުރާނެ ކަމަށެވެ. މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގައި ހިމެނޭނީ 18 ގޮނޑި އެވެ. އައްޑޫ ސިޓީ ކައުންސިލްގައި މޭޔަރާއެކު 13 ގޮނޑި ހިމެނޭއިރު އެ ސިޓީގެ އަންހެނުން ކޮމެޓީ އަށް 10 މެންބަރުން އިންތިހާބު ކުރާނެ އެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލަށް މޭޔަރާއެކު 7 މެންބަރުން އިންތިހާބު ކުރާއިރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގައި ތިބޭނީ 6 މެންބަރުންނެވެ.

https://twitter.com/ShareefRangondi/status/1203187678931378177

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހާއެކު ކައުންސިލް ތަކުގެ ދައިރު ވަނީ ފަސް އަހަރަށް ބަދަލުކޮށްފައެވެ. އަދި އާބާދީގައި 3000 ހުންނަށްވުރެ މަދު މީހުން ތިބޭ ރަށްރަށުން އިންތިހާބުކުރާނީ ފަސް ކައުންސިލަރުން ކަމަށް ނިންމާ އެގެ ތެރެއިން ދެ ގޮނޑި އަންހެނުންނަށް ހާއްސަކުރުމަށް ވަނީ ނިންމާފައެވެ.

އާބާދީގައި 3000 މީހުންނަށްވުރެ ގިނަ ރަށްރަށުގައި ހަތް ކައުންސިލަރުން އިންތިހާބުކުރުމަށް ނިންމިއިރު އޭގެތެރެއިން ތިން ކައުންސިލަރުންނަކީ އަންހެނުންނަށް ވާން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އޮންނަނީ އަންނަ އަހަރުގެ އޭޕްރީލް ހަތަރެއްގަ އެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: